Search Streamline Icon: https://streamlinehq.com

ހިޔާ ފްލެޓްތައް އަލަށް ލިބުނު މީހުންގެ ގުރުއަތުލުން ބާއްވައިފި

1200x630 OuXUcAPBu0oaTopAuDePsUs0UBEQIp0lwtFfx86W

ހިޔާ ފްލެޓްތަކުގެ ތެރެއިން ހަވާލުނުކުރެވި ހުރި 145 ފްލެޓް ލިބޭ ފަރާތް ގުރުއަތުން ހޯދައިފިއެވެ.

ރައީސް ޔާމީންގެ ދައުރުގައި ހިޔާ މަޝްރޫޢުގެ ދަށުން ހުޅުުމާލލޭގައި އަޅާފައިވާ ފްލެޓްތަކުގެ ތެރެއިން ހަވާލުނުކޮށް ހުރި 145 ފްލެޓްގެ ވެރިފަރާތް ހޯދުމަށް ގުތުއަތުލުން ބާއްވައިފިއެވެ. މި ފްލެޓުތަކުގެ ގުރު މިއަދު ނެގިއިރު މި ފްލެޓުތަކަކީ ސިވިލް ސާވިސް ކެޓަގަރީން 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިފައިވާ މީހުންނާއި އެހެނިހެން ސަބަބުތަކާ ހެދި ދޫނުކޮށް ހުރި ފްލެޓްތަކެވެ.

ސިވިލްސާވިސް ކެޓަގަރީއަކީ މިނިސްޓްރީތަކާއި މާލެ ސިޓީ ކައުންސިލު ހިމެނޭގޮތަށް ކޮންމެ އޮފީހަކަށް ވަކި އަދަދެއް ކަނޑައަޅައިގެން އެ އޮފީސްތަކުގެ ފަންނީ، އިދާރީ އަދި ސަޕޯޓް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް އަދަދު ކަނޑައަޅައިގެން ކުރިޔަށް ގެންގޮސްފައިވާ ކެޓަގަރީއެކެވެ.

މީގެ އިތުރުން ހުސްކޮށް ހުންނަ ފްލެޓުތަކަކީ، އެކި ކެޓަަގަރީތަކުން ފްލެޓު ލިބި އެކަމަކު އަދި ވަކި ގޮތެއް ނުނިންމާ ނޫނީ ދޫކޮށްލާފައި ހުންނަ ފްލެޓުތަކެވެ. އޭގެ ތެރޭ ހިޔާ އިން ފްލެޓު ލިބުނު ފަހުން ’ވިނަރެސް‘ ފްލެޓަށް ބަދަލުވާން ނިންމި މީހުންގެ ފްލެޓްތައްވެސް ހިމެނެއެވެ.

ޔާމީންގެ  ސަރުކާރުން ނިންމީ މި ކެޓަގަރީން 50 ޕޮއިންޓަށް ވުރެ ދަށުން ލިބުނު ފަރާތްތަކަށް ފްލެޓު ނުދިނުމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ވަނީ އެފަރާތްތަކަށް ފްލެޓްތައް ދީފައެވެ އެ ކެޓަގަރީގައި އެކަނިވެސް 45 މީހުން ތިއްބެވެ.

ހިޔާ މަޝްރޫޢޫގެ ދަށުން 7000 ފްލެޓް ހިމެނޭ ގޮތަށް 25 ޓަވަރު ވަނީ އިމާރާތްކޮށްފައެވެ. މީގެ ތެރެއިން 6720 ފްލެޓު އާންމުންނަށް ދިރިއުޅުމަށް ދޫކޮށްފައިވާއިރު، ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯ ވިޔަފާރި އަދި އެހެނިހެން އަސާސީ ޚިދުމަތްތައް ދިނުމަށް ވަނީ ދޫކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *