Search Streamline Icon: https://streamlinehq.com

މުއިއްޒުގެ ބޯހިޔާވަހިކަމުގެ މެނިފެސްޓޯ: ފުށިދިއްގަރުފަޅު ހިއްކައިގެން 11،000 ގޯތި ދޭނަން: މުއިއްޒު

Muizzu

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކ. ފުށިދިއްގަރުފަޅު ހިއްކައިގެން 11،000 އަށް ވުރެ ގިނަ ގޯތި ދޭނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ބޯހިޔާވަހިކަމުގެ މެނިފެސްޓޯ އިއުލާން ކުރުމަށް ހުޅުމާލޭގެ ހިޔާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް އޭނާގެ ވެރިކަމުގައި ހިއްކާނެ ކަމަށާއި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށެވެ. އަދި އެއީ ހުޅުމާލެ އަށް ބަލަންޏާ ހުޅުމާލޭގެ ދެ ހުޅުމާލެ ކަމަށާއި ފޭސް ވަން، ފޭސް ޓޫ އެއްކޮށްލީމާ ވާ ސައިޒުގެ ތިން ގުނަކަމަށެވެ.

އެ ސަރަހައްދުން ދޫކުރާ ގޯތިތަކުގައި 1،400 އަކަފޫޓުން ފެށިގެން 1،600 އަކަފޫޓު ހުންނާނެ ކަމަށާއި ގިރާވަރު ފަޅުން 89 ހެކްޓަރުގެ ބިން ހިއްކައިގެން 1،000 ވުރެ ގިނަ ގޯއްޗާއި 2،800 ފްލެޓް ދޭނެކަމަށެވެ. އަދި މީގެ އިތުރުން ގުޅިފަޅުގެ 300 ހެކްޓަރުގެ ބިން ހިއްކައިގެން 3،500 އަށް ވުރެ ގިނަ ގޯއްޗާއި 7،800 ފްލެޓް އިމާރާތް ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ކުރިއަށް 20 އަހަރަށް އަމާޒުކޮށްގެން ހަދާފައިވާ އެ މެނިފެސްޓޯގެ ދަށުން ފުށިދިއްގަރުފަޅާއި ގިރާވަރުފަޅާއި ގުޅިފަޅާއި ހުޅުމާލެ އާއި މާލެ ހިމެނޭހެން 65،000 ގޯތި ނުވަތަ ފްލެޓް ދޭނެ ކަމަށާއި އޭރުން ބޯހިޔާވަހިކަން ނުލިބޭ މީހަކު މާލެ ސަރަހައްދުގައި ނުހުންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި