Search Streamline Icon: https://streamlinehq.com

ބުދަ ދުވަހު ބާއްވާ ބަހުސްގައި ބައިވެރިއެއް ނުވާނަން، އަހަރެން ނުދަންނަ މީހަކު ނުހުންނާނެ: ޓްރަ،މްޕް

16dc trump tbkz articleLarge

އެމެރިކާގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ބާއްޕާ ޕާޓީގެ ޕްރައިމަރީ ބަހުސްގައި ބައިވެރިނުވާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ވިދާޅުވީ އޭނާ ނުދަންނަ މީހަކު ނޫޅޭނެ ކަމަށާއި ޕާޓީގެ ޕްރިމަރީ ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ރައްޔިތުންނަށް އޭނައަކީ ކާކުން އެނގޭނެ ކަމަށާއި ބަހުސްގަިއ ބައިވެރިވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. ހިޔާލު ހޯދުމުގެ ނަތިޖާތައް ދައްކާ ގޮތުން މިހާރުވެސް ރިޕަބްލިކަންގެ އެންމެ މަގުބޫލު ކެންޑިޑޭޓަކީ މިހާރު އުމުރުން 77 އަހަރުގެ ޓްރަމްޕް ކަމަށް ރިޕޯތްތައް ބުނެއެވެ.

އަންނަ އަހަރު ޖެނުއަރީ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޓްރަމްޕް ވަނީ ނިންމާފައެވެ. މިހާރުވެސް ގިނަ އަދަދެއްގެ ޖިނާއީ ދައުވާތައް އުފުލައި އަދި ދައުވާ ނުކޮށް ހުރި އެތައް މައްސަލައެއް އޭނަގެ އެބަހުއްޓެވެ.

ރިޕަބްލިކަންގެ ޓިކެޓް ހޯދުމަށް ދެން ވާދަކުރަނީ، ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓީސް އާއި 2 ފަހަރު ގަވަރުނަރުކަން ކޮށް އަދި ޓްރަމްޕް ސަރުކާރުގެ ވަޒީރުކަން ކުރި ނިކީ ހާލޭ އާއި ޓްރަމްޕް ސަރުކާރުގެ ނައިބުރައީސް މައިކް ޕެންސް އާއި ސައުތް ކެރޮލިޏާގެ ސެނޭޓަރު ޓިމް ސްކޮޓެވެ. މީގެ އިތުރުންވެސް 14 ވަރަކަށް ކެންޑިޑޭޓުން ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވީ ނަމަވެސް، އާންމުންގެ ތެރޭގައި އެންމެ މަގުބޫލީ، ޓްރަމްޕާއި ޑިސެންޓީސްއެވެ.

އިންތިހާބާއި ދިމާކޮށް އެ ޤައުމުން ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުން ދައްކާގޮތުން ސެންޓީސް އަށް 16 ޕަސެންޓް ތާއީދު ލިބިފައިވާއިރު ޓްރަމްޕަށް 62 ޕަސެންޓް ލިބިވަޑައިގަންނަވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ޓްރަމްޕުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާލާއިރު ދައުލަތުގެ ސިއްރު ލިޔެކިޔުން އަމިއްލަ ގަނޑުވަރަށް ގެންދެވުމާއި، އެތަކެތި ބެލެހެއްޓުމުގައި އިހުމާލުވެވަޑައިގަތުމާއި، އިންތިހާބަށް ނުފޫޒުފޯރުވުމަށް، ހެދިފައި ހުރި ބައެއް އުސޫލުތައް އޮޅުވާލައްވައި ހެއްދެވުމާއި އެމެރިކާއަށް [ގައުމަށް] މަކަރުހެދުމާއި ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިނުގެން ނާކާމިޔާބީ އާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން، ގާނޫނު ހަދާ މަޖިލީހަށް ސަޕޯޓަރުން ވައްދާ އެތަން ހިސޯރުކުރުން ފަދަ ޖިނާއީ ދައުވާތައް ހިމެނެއެވެ.

މިހާރު ކޯޓުތަކުގައި މައްސަކަތައް ތާވަލު ކޮށްފައި ހުރި ގޮތުން، ޕްރިމަރީގެ ވޯޓުލުން ކުރިއަށް ދާއިރުވެސް މައްސަލަތައް ނުނިމޭނެއެވެ.

ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އޭނާ އާ ދެކޮޅަށް އުފުލާފައި ވަނީ ސިޔާސީ ދައުވާތަކެއް ކަމަށާއި އެއީ ކަނޑައެޅިގެން އަސާސެއްނެތް ކަންތައްތަކެއް އުފަންކޮށްގެން ކޮށްފައި ވާ ދައުވާތަކެއް ކަމަށެވެ.

އެހެންކަމުން މިހުރިހާ ދައުވާތަކަށް އޭނާ އިންކާރުކުރެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *