Search Streamline Icon: https://streamlinehq.com

ސަންދާން އަހަންމައިދީ އަވަހާރަވެއްޖެ

Medium

ރާއްޖޭގެ ސިޔާސީ އިސްލާހީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރެއްވި އަހްމަދު އިބްރާހިމް ދީދީ (ސަންދާން އަހަންމައިދީ) އަވަހާރަ ވެއްޖެ އެވެ.

އުމުރުން 72 އަހަރުގައި، ސަންދާން އަހަންމައިދީ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުން ރޭ ދަންވަރުގެ ވަގުތެއް ގައެވެ.

އަހައްމައިދީއަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެކި ދުވަސްވަރުމަތިން އުފެދުނު ހަލަބޮލިކަމުގައި ޤައުމު ހަމަމަގަށް އެޅުވުމުގައި މީޑިއާތަކާއި، މިނިވަން މުއައްސަސާތަކާއި، އަދި ސިޔާސީ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރެއްވި ޖެހިލުން ކުޑަ ބޭފުޅެކެވެ.

އެގޮތުން ރައީސް މައުމޫންގެ ވެެރިކަމުގައި ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައުމަށް ކުރެވުނު މަސައްކަތުގައި އަހަންމައިދީ ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައެވެ.

އަހައްމައިދީ އަކީ ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައި އިންޓަރނެޓްގެ ޒަރީއާއިން ނެރެން ފެށި ސަންދާންގެ އެއް ހިއްސާދާރެވެ. އެމަޖައްލާ ނެރުއްވައި އޭރު ދައުލަތާއި، ރައީސް މައުމޫނަށް ފާޑުވިދާޅުވެ ލިޔުއްވި ބައެއް އާޓިކަލް ތަކާއި ގުޅިގެން 2002 ވަނަ އަހަރު އަހައްމައިދީ އުމުރަށް ޖަލަށް ލެއްވިއެވެ. ނަމަވެސް އޭގެ ފަހުން 2006 ވަނައަހަރު އަހައްމައިދީއަށް ރައީސް މައުމޫން ވަނީ މަޢާފު ދެއްވާފައެވެ.

އަހަންމައިދީގެ ޖަނާޒާ އޮތީ އަސުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *