Search Streamline Icon: https://streamlinehq.com

އާބަންކޯގެ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަޤީންކަން މުއިއްޒު ދެއްވައިފި

Dr. Muizzu

މާލެ ސިޓީ ކައުންސިލުން ހުޅުމާލެ އާއި ހަވާލުވިޔަސް އާބަންކޯގެ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ 2 ގައި ބޭއްވި ކެމްޕެއިނު ޖަލްސާގައި މުއިއްޒު ވިދާޅުވީ، މާލެއަކީ ވިލިމާލެ އާއި މާލެއާއި ހުޅުމާލެ ކަމަށެވެ. ނަމަވެސް ވިޔަފާރި ކުންފުންޏެއްގެ ދަށުގައި ހުޅުމާލެ އޮތުމުން އެކަމުގެ ގެއްލުން ރައްޔިތުންނަށް ކުރާތީ އެކަން ބަދަލުކުރުމަށް އޭނާ ވައުދު ވެވަޑައިގެންނެވިއެވެ.

މުއިއްޒު މިހެން ވިދާޅުވުމުން މިސަރުކާރުންނާއި އާބަންކޯއިން އަންނަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންނެވެ. އެގޮތުން ހުޅުމާލެ ސިޓީ ކައުންސިލްގެ ދަށަށް ގެންދިޔުމުން އާބަންކޯގެ މުވައްޒަފުން ވަޒީފާ ގެއްލޭނެ ކަމަށް އެކުންފުނިން ދަނީ ބުނަމުންނެވެ.

ށ.ކަނޑިތީމުގައި ބޭއްވުނު ކެމްޕެއިން ޖަލލްސާގައި މުުއިއްޒު ވިދާޅުވީ ހުޅުމާލެ ސިޓީ ކައުންސިލްގެ ދަށަށް ގެނެވުުނަސް އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި އެއްވެސް ރައްޔިތަކު މަގުމަތި ނުކުރާނެ ކަމަށެވެ.

”އާބަންކޯއަކީ ގާތްގަނޑަކަށް ހާހެއްހާ މުވައްޒަފުން އުޅޭ ތަނެއް އެއީ. އެ މުވައްޒަފުންނަށް ބިރު ދައްކަނީ ސަރުކާރުން. ތިބޭފުޅުން، މުނިސިޕަލް ޑިޕާޓްމަންޓުގައި އުޅޭ 500 އެއްހާ މުވައްޒަފުން ކައުންސިލަށް ބަދަލުކުރަންށޭ އެ އުޅޭނީ. ބަދަލުކުރީމައި މިހާރު ތި ލިބޭ ބޮޑު މުސާރައެއް ނުލިބޭނެޔޭ. ވަޒީފާ ގެއްލޭނެޔޭ. މަގުމަތި ވާނެޔޭ.“ މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ހުށަހެޅުއްވި މެނިފެސްޓޯގައި މުއިއްޒު ވަނީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް ބެލެހެއްޓުން މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން ހިމަނާފައެވެ. އެގޮތުން އިދިކޮޅުގެ މެނިފެސްޓޯގައި ހުށަހަޅާފައި ވަނީ، މިކަން ކުރަން ބޭނުންވާ ބަޖެޓާއި ވަސީލަތްތައް އާބަންކޯއިން ހޯދައިގެން ސިޓީ ކައުންސިލުން އެ މަސައްކަތްތައް ކުރާ ގޮތަށެވެ.

މުނިސިޕަލް ހިދުމަތްތައް ބަދަލުކުރުމުގެ އިތުރުން، ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި މާލެ ސިޓީ ކައުންސިލްގެ ބަހާނުލާ ހުޅުމާލެއިން ބިން ވިއްކުން ނުވަތަ ކުއްޔަށްދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށް ވެސް މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *