Search Streamline Icon: https://streamlinehq.com

ޕީއެސްއެމް ރަނިންގމޭޓުންގެ ޕްރޮގްރާމުގައި ސެމްބެ ބައިވެރިވާނެ

OCbtITchOknTHvy3bvBD

ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ވާއްވާ ރިޔާސީ ކެންޑިޑޭޓުންގެ ރަނިންމޭޓުންގެ ޕްރޮގުރާމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑެޓްގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް، ސެމްބެ ބައިވެރިވާނެކަމަށް އަންގަވައިފިއެވެ.

ރަނިން މޭޓުންގެ މެދުގައި ޓޯކްޝޯއެއް ގޮތަށް ބާއްވާ މި ޕްރޮގުރާމު އޮންނާނީ މިމަހުގެ 30 ބުދަ ދުވަހުގެރޭ 21:00 އިން 23:00 އަށެވެ.

މިބަހުސްގެ ދައުވަތުގެ ޕީއެސްއެމްއިން ވަނީ ހުރިހާ ކެންޑިޑޭޓުންނަށް ފޮނުވާފައިވާއިރު ބަހުސްގައި ބައިވެރިވާނެކަމުގެ ދައުވަތު ފުރަތަމަވެސް ގަބޫލުކޮށް އެންގެވީ ބޭފުޅަކީ ޑރ.މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް، ސެމްބެއެވެ.

”ޕީއެސްއެމްއިން ކުރިއަށް ގެންދާ ރަނިން މޭޓުންގެ ޕްރޮގުރާމުގައި ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ބައިވެރިވެ ވަޑައިގަންނަވާނެ. ހުސެއިން މުހައްމަދު ލަތީފް ވަނީ ޕީއެސްއެމްއިން ފޮނުވި ދައުވަތު ގަބޫލުފުޅު ކުރައްވާފަ.“ ތޮލާލް ވިދާޅުވިއެވެ.

މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ، އެހެންނަމަވެސް ރިޔާސީ ކެނޑިޑޭޓުންގެ ބަހުސް ސެޕްޓެމްބަރ 1 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބަހުސްގެ ދައުވަތުވެސް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒު ވަނީ ގަބޫލު ކުރައްވާފައެވެ. މިބަހުސްގައި ރައީސް ޞާލިހު ބައިވެރިވާނެ ކަމެއް އަދ މިހާތަނަށް އަންގަވާފައި ނުވެއެވެ. ރައީސް ޞާލިހު ވަނީ ސަންގު ބަހުސްގައި ބައިވެރި ވެވެން ނެތްކަމަށް އަންގަވާފައެވެ.

އެމަނިކުފާނުގެ ތަރުޖަމާން މާރިޔާ ދީދީ ވިދާޅުވެފައިވަނީ ބަހުސްގައި ބައިވެރިވެވޭނީ ދަތުރުތަކަށްފަހު ވަގުތު ތަންދޭ ކަމުގައި ވާނަމައެވެ. ބަހުސްއަކީ ރިޔާސީ އިންތިޚާބުގެ ކުރިން ކެންޑިޑޭޓުންގެ ސިޔާސަތާއި ތަސައްވަރު ރައްޔިތުންނަށް ހާމަކޮށް ހުރިހާ ކެންޑިޑޭޓުން އެތަނެއްގައި ތިބެ ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ލިބޭ ފުރުސަތެކެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި