Search Streamline Icon: https://streamlinehq.com

އުތުރުގައި އަޅާ އެންމެ ބޮޑު ސިފައިންގެ މަރުކަޒުގެ ބިންގާ އަޅައިފި

Img md 202308260128071693038487.2173

އުތުރުގައި ޤާއިމުކުރާ އެންމެ ބޮޑު ސިފައިންގެ މަރުކަޒުގެ ބިންގާ ހދ.ހަނިމާދޫގައި އަޅައިފިއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އާ ހެޑްކުއާޓަރުގެ ބިންގާ އަޅައިދެއްވީ ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް އަބްދުﷲ ޝަމާލެވެ.

ދެ ފޭސްއަށް ބަހާލައިގެން ކުރިޔަށް ގެންދާ މި ޕްރޮޖެކްޓުގެ ދަށުން އެތަން ހެދުމުގެ މަސައްކަތްތައް ކުރުމަށް ރާވާފައި ވާއިރު ފޭސް އެކެއްގެ މަސައްކަތް ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސް ވެފައެވެ. އަދި އެތަން އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި ހިމަނައިގެންނެވެ.

އެމްއެންޑީއެފުން ބުނީ ނޮދަން އޭރިއާ ކޮމާންޑްގެ އާ ހެޑްކުއާޓާރު ގާއިމް ކުރުމަށްޓަކައި، އެރަށުން ހަތަރު ލައްކަ އަކަފޫޓަށް ވުރެ ބޮޑު ބިމެއް ސަރުކާރުން ހަމަޖައްސައިދީފައި ވާ ކަމަށެވެ. މި މަޝްރޫއަކީ ސަރުކާރު ބަޖެޓުން 35 މިލިއަން ރުފިޔާ ހަރަދުކޮށްގެން އުތުރުގައި ގާއިމްކުރާ ސިފައިންގެ އެންމެ ބޮޑު މަރުކަޒެވެ.

ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއާޓާރުގެ ދާއިމީ މަރުކަޒަކަށް މި މަރުކަޒު ބަދަލު ކުރުމުން އަސްކަރީ ގާބިލްކަށް މިހާރަށްވުރެ އިތުރުވެގެން ދާނެ ކަަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ އޭރިއާ ކޮމާންޑްތަކުގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމުގެ އިތުރުން އާލާތްތަކާއި ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތްތައް ބާރަށް ކުރަމުންދާ ކަމަށާއި މިހާރު ވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހަ ރަށެއްގައި ސިފައިންގެ ހަތް މަރުކަޒު ގާއިމްކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެމުން ދާ ކަަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *