Search Streamline Icon: https://streamlinehq.com

ޕޯސްޓު މެދުވެރިކޮށް އެތެރެކުރަން އުޅުނު ދެ މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

Druga e1607096832683

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވި ގޮތުގައި މިދިޔަ ހޯމަ ދުވަހު ކުރިއާ ސާރވިސް މެދުވެރިކޮށް މެދުވެރިކޮށް މެލޭޝިއާއިން ރާއްޖެ އަށް ޕެކޭޖުތަކެއްގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެ ތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވާ ކަމަށެވެ.

އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ބަރުދަނުގައި ޕެކިންއާ އެކު ޖުމްލަ 1.6 ކިލޯ ހުރިއިރު، އެ ތަކެތީގެ މަގުމަތީ އަގަކީ 2,000,000ރ. ކަމަށް ވެސް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކުރެވިފަ ވާކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.

ޕޯސްޓު މެދުވެރިކޮށް ރާއްޖެއިން މަސްތުވާ ތަކެތި އެތެރެކުރުން މިވަނީ އިތުރުވެފައެވެ. އެގޮތުން މީގެ 3 މަސް ކުރިންވެސް ވަނީ ޕޯސްޓުމެދުވެރިކޮށް ރާއްޖެ އެތެރެކުރި މަސްތުވާ ތަކެތި އަތުލައިގެންފައެވެ. މިމައްސަލައިގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *