Search Streamline Icon: https://streamlinehq.com

ހަރުކަށި ފިކުރުގެ މީހުން މުއިއްޒުއަށް ތާއިދުކުރޭ: މާރިޔާ

Img md 202302180247571676713677.757

ހަރުކަށި ފިކުރުގެ މީހުން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް ކެމްޕެއިން ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ސޯޝަލް މީޑިއާގައި ހަރުކަށި ފިކުރުގެ މީހުން މުއިއްޒަށް ތާއީދުކޮށް ކެމްޕެއިން ކުރައްވަމުން ގެންދާ ކަމަށެވެ.

އަދިހަމައެއާއެކު މުއިއްޒުގެ އަނބިކަނބަލުންގެ އެއްބަޑު އެއްބަފާ ބޭބެއަކީ ސަލަފުގެ ރައީސްކަން މާރިޔާވަނީ ފާހަނގަކޮށްފައެވެ.

”ސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބަކީ އެއީ މުއިއްޒު އަނބިކަނބަލުންގެ އެއްބަނޑުއެއްބަޕާ ބޭބެ. ސަލަފްގައި އެ ބޭފުޅާގެ ބޮޑު ބޭބެވެސް އުޅޭ. އެބޭފުޅާގެ އެޑްރެހަކީ މއ. ބާބުލް އަވާލީ. އަޅުގަނޑުމެން ނުދައްކަމޭ ބާބުލްއަވާލީގައި ވަކިން ނަމާދުކުރި ވާހަކައެއް. ނުދައްކަމޭ މިއީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބޭފުޅުންނޭ ވެސް. އަޅުގަނޑު މެން ނުބުނަމޭ ކޮނޑޭއަށް ރައީސް ސޯލިހް އަރާ ވަޑައިގެންނެވީމަ އެއަށްވުރެ ދެގުނައަށް މީހުން ނިކުމެ ތިއްބޭ މުއިއްޒު ވަޑައިގަތީމަ. ކޮނޑޭއަކީ ތަފާސްހިސާބުތަކުން ނިސްބަތުން އެންމެ ގިނަ މީހުން ސީރިއާއަށް ފޮނުވާފައިވާ ކަމަށް އޮންނަތަން.“ މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވާ ގޮތުން ގއ.ކޮނޑޭއަކީ ސީރިޔާގައި ހިނގަމުންދާ ހަނގުރާމަތަކަށް އެންމެ ގިނައިން މީހުން ފޮނުވާފައިވާ ރަށް ކަމަށާއި އެރަށުން މުއިއްޒަށް ވަރަށް ބޮޑު ތާއީދެއް އޮތް ކަމަށެވެ.

މީގެއިތުރުން ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުންގެ ނުފޫޒު ސަރުކާރަށް އޮތް މިންވަރު ފެނިގެން ދިޔަ ކަމަށާއި ހަމައެގޮތަށް ޑރ.މުއިއްޒުގެ އަނބިކަނބަލުންވެސް ސަރުކާރަށް ނުފޫޒު ފޯރުވާނެ ކަމަށް މާރިޔާ ވަނީ ތުހުމަތުކޮށްފައެވެ.

”ޔާމީންގެ ސަރުކާރުގައި އެބޭފުޅާގެ އަނބިކަނބަލުންގެ ނުފޫޒް ސަރުކާރުގެ މައްޗަށް އޮތް ކަމަށް އެ ބޭފުޅުންގެ ސަޕޯޓަރުން ވެސް ދެއްކި ވާހަކައެއް. އެހެންވީމަ ވަރަށް ގާތުން ބަލާލަން ބޭނުންވި ޕީއެންސީގެ ކެނޑިޑޭޓްގެ އަނބި ކަނބަލުން ކަންކަން ހިނގަމުންދާ ގޮތް.“ މާރިޔާ ވިދާޅުވިއެވެ.

ރައިސް ޔާމީންގެ ސަރުކާރަކީއަނިޔާވެރިކަމާއި ހުދުމުހްތާރުކަން ބޮޑު ސަރުކާރެއްގެ ގޮތުގައި މާރިޔާ ވަނީ ސިފަކޮށްފައެވެ. އޭރު ހުރިހާ ސިޔާސީ ބޭފުޅުން ތިއްބެވީ ޖަލުގައި ކަމަށާއި އަދި ބައެއް ބޭފުޅުން ހަށިކޮޅަށް އޮތް ބިރުން ބޭރު ގައުމުތަކުގައި ތިއްބެވި ކަމަށް ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *