Search Streamline Icon: https://streamlinehq.com

ވޯޓު ކަރުދާސް މާދަމާ ރަށްރަށަށް ފޮނުވަނީ

323906 3 d370dcafc60495cc7f08cfba5c2552d1a20cbe99 medium

އަންނަ ސެޕްޓެމްބަރ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ވޯޓު ކަރުދާސް މާދަމާ ރަށްރަށަށް ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބު 2023 ގެ ވޯޓު ކަރުދާސްތައް ޗެކްކޮށް ޕެކްކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނިމި، އަތޮޅުތަކަށް ޑިސްޕެޗް ކުރުމުގެ މަސައްކަތްތައް މާދަމާ ފެށޭނެކަމަށެވެ.

އަދި ހަމައެއާއެކު ވޯޓުލާ މަރުކަޒުތަކަށް ފޮނުވޭ ހުރިހާ ތަކެއްޗެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި، އިލެކްޝަންސް ކޮމިޝަނާ ދެމެދު ވަނީ ފަހުމުނާމާ އެއްގައި ސޮއިކޮށްފައިކަމަށާއި އަދި އެކަން އެގޮތުގެމަތިން ކުރިޔަށް ދާކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ.

މިގޮތުން، އުތުރުގެ އަތޮޅުތަކަށް މާދަމާ (2023 އޮގަސްޓު 29 ގައި) އަދި ދެކުނުގެ އަތޮޅުތަކަށް 30 އޮގަސްޓުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު، ޑިސްޕެޗް މަސައްކަތްތައް ކުރިއަށްދާގޮތަށްވަނީ ހަމަޖެހިފައި ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ.

މިހާރު ޑިސްޕެޗް ކުރެވޭ ތަކެތި ޙަވާލުކުރާނީ، ސިޓީ ނުވަތަ އަތޮޅު ކައުންސިލުގެ އިދާރާތަކަށް ކަމަށް ހަބީބު ވިދާޅުވިއެވެ.

ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވާ ތަކެތީގެ ޑިސްޕެޗްގެ މަސައްކަތްތައް ކުރިއަށްދާނީ، 2023 ސެޕްޓެންބަރު 06 ވާ ބުދަދުވަހު ކަމަށްވެސް ހަބީބު މައުލޫމާތުދެއްވައެވެ.

އިންތިޚާބުގެ މަސައްކަތްތައް ކުރަމުންދާއިރު އަދި އިންތިޚާބަށް މަދު ދުވަސް ކޮޅަކަށްވެފައިވާއިރު އެ މަސައްކަތްތަކުގައި، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އަދި ފޯކަލް ޕޮއިންޓުންގެ ފަރާތުން ދެއްވާ އެއްބާރުލުން އީސީ އިން ފާހަގަ ކުރައްވާކަމަށް ހަބީބު ފާހަގަކުރެއްވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *