Search Streamline Icon: https://streamlinehq.com

ރައީސް ޞާލިހު ދިފާއުކުރުމުގެ ނަމުގައި މިހާރު ބައިކޮޅަށް އެންމެ ގިނަ ގޯލް ޖައްސަވަނީ މާރިޔާ: ޝިޔާމް

F4rUv9ZbkAA sOw

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިހު ދިފާއުކުރުމުގެ ނަމުގައި މިހާރު އެންމެ ގިނައިން ބައިކޮޅަށް ގޯލް ޖައްސަވަނީ މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ކަމަށް ބުނެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދް ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ.

ޕީއެސްއެމާއި އެމްއެންޔޫއިން ގުޅިގެން ކުރިއަށް ގެންދާ މިއަހަރުގެ ރިޔާސީ ބަހުސް ކެންސަލްކުރުމަށް ނިންމުމާއި ގުޅިގެން ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ނިމިގެން ދިޔަ 2018 ގެ ރިޔާސީ އިންތިޚާބުގެ ބަހުސައްވެސް ރައީސް ފިއްލެވީ ކަމަށާއި އަދި މިފަހަރުވެސް ފިއްލެވީ ކަމަށެވެ. އަދި މިހާރުގެ ރައީސް މިވީ ފިލި އިބޫ ޞާލިހުއަށް ކަމަށްވެސް ޝިޔާމް ވިދަޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިފާއުކުރުމުގެ ނަމުގައި މިހާރު ބައިކޮޅަށް އެންމެ ގިނަ ގޯލް ޖައްސަވަނީ މާރިޔާކަމުގައި ފާހަގަކުރައްވައި ޝިޔާމް ވަނީ މި ވެރިކަން މިދަނީ ނިމުމަކަށް ކަމުގައި ޓުވީޓުގައި ވިދާޅުވެފައެވެ.

މި އަހަރުގެ ރިޔާސީ ބަހުސް ކެންސަލްކުރުމަށް ޕީއެސްއެމުން ނިންމައިފައިވަނީ އިއްޔެގައެވެ. ސަބަބެއްގެ ގޮތުގައި ބަހުސް ކެންސަލްކުރުމަށް ނިންމައި ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރިޔާސީ ބަހުސް މިހާރު އޮތް މުއްދަތުގައި ބައެއް ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައް އޮތުމުގެ އިތުރުން ފަހުގެ ތާރީޚަކަށް ބަހުސް ފަސްކޮށްފިނަމަ ކެމްޕެއިން ހަރަކާތްތަކަށް ބުރޫއަރާނެ ކަމަށް ދެކޭތީކަމުގައެވެ.

މި އަހަރުގެ ރިޔާސީ ބަހުސްގެ ދައުވަތު އެންމެ ފަހުން ގަބޫލުކުރެއްވީވެސް ރައީސް ޞާލިހެވެ. އަދި އެފަހުން އެ ތާރީޚުގައި އެމްޑީޕީގެ ޖަލްސާއެއް އޮންނާތީ ބަހުސް ފަސްކުރުމަށް މަޝްވަރާ ކުރަމުންދާކަމުގައި އެމަނިކުފާނުގެ އިންތިހާބީ މަންދޫބު، މާރިޔާ އަހްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *