Search Streamline Icon: https://streamlinehq.com

ޤައުމު އިޞްލާޙްކުރަން ބޭނުންތަ؟ އެހެންވިއްޔާ ތިބޭފުޅުންގެ ނަފްސު އިޞްލާޙުކުރޭ!

DSC
Advertisement

އަޅުގަނޑުމެންގެ މި ކުޑަކުޑަ ގައުމު އިސްލާހު ކުރުމަށް ގިނަ މަސައްކަތް ތަކެއް މެދު ނުކެނޑި ކުރެވެމުންދެއެވެ. ދީނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް މެއެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް އެކަށީގެންވާ ނަތީޖާއެއް ފެނިގެން ނުދެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ދެކޭގޮތުގައި ގައުމު އިސްލާހުވުމުގެ ބަދަލުގައި ކަންކަންދަނީ ދުވަހަކައްވުރެ ދުވަހެއް ގޯސްވަމުންނެވެ.

ދަންނަން ޖެހޭ ހަގީގަތަކީ ޤައުމު އިޞްލާޙުވުން އޮތީ އަޅުގަނޑުމެންގެ ނަފްސުތައް އިޞްލާޙުވެގެންނެވެ. ޤައުމު އިސްލާހުކުރަން ބޭނުންނަމަ އިސްލާމް ދީނުގެ ހިޔަލުގައި ތިބެގެން ޤައުމު އިޞްލާޙުކުރަން ނުކުތުން އެއީ އޭގެ ހައްލުކަމުގައި ދެކެމެވެ. މިއަދު އަޅުގަނޑުމެން އެންމެންނައްވެސް މި ގައުމު ސިފަކުރެވެނީ އެއްވެސް އަމާންކަމެއް ނެތް ބިރުވެރި ތަނެއްގެ ގޮތުގައެވެ. މުޖުތަމައުން ފާޅުވަމުން މިދާ ކަންކަމާއި ފެންނަމުން މިދާ މަންޒަރުތަކުން އެކަން ހާމަވެއެވެ.

މާތްވެގެންވާ އިސްލާމް ދީނާއި އެދީނުގެ ރީތި އަޚްލާޤާއި، އާދަ ކާދަތައް މިވަނީ ހީނުކުރާހާ ބޮޑަށް ގޯސްވެފައެވެ.  ޤައުުގައި ހިނގާ އެކި ބާވަތް ބާވަތުގެ ނޭއްގާނީ ކަންކަމާއި، މީސްތަކުންގެ ހައްޤުތަކަށް އަރައިގަތުންފަދަ ކަންކަން މިއަދު މިވަނީ އާންމުކަމަކަށް ވެފައެވެ. މިފަދަ ކަންކަން އިސްލާހު ނުކޮށް ޤައުމު އަމާން ބަދަރަކަށް ގެންދިއުމަކީ ވާނެ ކަމެއް ނޫނެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްތައް ހިދާޔަތުގެ ނޫރުން މާތް ﷲ އަލިކޮށް ދެއްވީއްސުރެން މިތިބީ، އެކަލާނގެ ރަހްމަތްފުޅާއެކު އިސްލާމްދީނުގެ މަތީގައެވެ. އޭރުއްސުރެ ދިވެހި ގައުމުގެ ފަރުދުން ޙިއްސާކުރަމުން މިދަނީ އެއްދީނެކެވެ. އެހެންކަމުން މި މާތްދީނުގެ ހިޔަލުގައި ތިބެގެން ޤައުމު އިސްލާހު ކުރުމާއި މެދު ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށް ދެކެމެވެ.

އެއްވެސް މުޖުތަމަޢެއް އަދި އެއްވެސް ރަށެއް އޭގެ ޒާތުގައި ގޯސްވެގެން ނުދާނެއެވެ. ގޯސްވާނީ އެގައުމަކަށް ނިސްބަތްވާ ނުވަތަ އެރަށެއްގައި ދިރިއުޅޭ އިންސާނުން ކޮށްއުޅޭ ވިޔާނުދާ އެންމެހާ ޢަމަލުތަކެވެ. އެކަންތައްތަކުގެ ނަތީޖާއިން ކުރާއަސަރަކުން ހިތްގައިމުކަން ނުވަތަ ހިތްދަތިކަން އެންމެންނަށް އިޙުސާސް ކުރަންޖެހެއެވެ.

Advertisement

ކަންމިހެން އޮތްއިރު، މިފަދަ ނޭންގާނީ އަމަލުތައް އިސްލާހުކޮށް އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތައް އިސްލާހުކުރުން ނޫންގޮތެއް މިއަދު ނެތްކަމުގައި ދެންނެވިދާނެއެވެ. ގައުމު އިސްލާހުކުރެވޭނީ އަޅުގަނޑުމެެންގެ ނަފުސުތައް އިސްލާހުކޮށްގެންކަން ޔަޤީނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި