Search Streamline Icon: https://streamlinehq.com

ސަންގު ޓީވީގެ ރިޔާސީ ބަހުސްހޮނިހިރު ދުވަހުގެ ރޭ. އިތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ފުރުސަތު ދިން.

Large 169139995434ewIZ

މި ފަހަރުގެ ރިޔާސީ އިންތިހާބަށް ސަންގު ޓީވީން ބާއްވާ ބަހުސް އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވަން ނިންމައިފައިވާއިރު، އެ ބަހުސްގައި ބައިވެރިވުމުގެ ފުރުސަތު އަމިއްލަ ގޮތުންނާއި، ޕާޓީތަކުން ކުރިމަތިލައްވާފައިވާ ކެންޑިދޭޓުންނަށް ވެސް ފުރުސަތު ދޭން ނިންމައިފިއެވެ.

ސަންގް ޓީވީގެ ތްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ޓީވީން ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

ގައުމީ ޔުނައިވާސިތީގެ އެހީތެރިކަމާއި އެކު ސަންގު ޓީވީން ކުރިޔަށް ގެންދާ މި ބަހުސްގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ ކެންޑިޑޭޓުން ނަށް ދެއްވިއިރު، އެންމެ ފުރަތަމަ މި ބަހުސަށް އެފަރާތުން ދައުތު ދީފައިވަނީ ހަމަ އެކަނި ޕާޓީތަކުގެ ތިކޭޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެކަންޏެވެ. ނަމަވެސް އެ ތީވީން މިހާރު ބުނެފައިވަނީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އަދި މި ހުރިހާ ބޭފުޅުންވެސް މި ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ވެސް ސަންގް ޓީވީން ބުނެފައިވެއެވެ.

އެގޮތުން މި ބަހުސްގައި ބައިވެރިވާނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް. ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް. އަމިއްލަ ގޮތުން އިންތިޚާބުގައި ބައިވެރިވެވަޑައިގެންނެވި ފަރިޝް މައުމޫނާއި ހަސަން ޒަމީލް އަދި އުމަރު ނަސީރުއަށެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ބަސްހުސް އޮންނާނީ އަންނަ ހޮނިހިރު ދުވަހުރޭގައި ކަމަށާއި ބަހުސް ކުރިޔަށް ދާނީ އެރޭ 9 އިން 11 އަށެވެ. ނަމަވެސް މި ބަހުސް އޮންނާނެ ވަކި ތަނެއް ކަނޑައަޅާފައެއް ނުވެއެވެ.

https://twitter.com/Sangu_TV/status/1696769227284422934?s=20

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *