ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާޢީ ފްލެޓުތަކުގެ ކުލި ރައްޔިތުންނަށް މާފުކޮށް ދޭނަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބުރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު، ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް ދުވަހަކުވެސް ދެކޮޅު ނަހަދާނަމެވެ.
އެހެންނަމަވެސް ދިވެހިދައުލަތުގައި އޮތް ( އެންމެހާ ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ ) އެންމެ އަގުބޮޑު ބިންތައް ވަކި ބަޔަކަށް ދޭ އިރު، އެ ހައްްޤުން އެއްބައި ރައްޔިތުން މަޙްރޫމުވެފައި، އަދި ހަމަ އެބިމުގައި ޢިމާރްކޮށްފައިވާ އިޖްތިމާޢީ ބޯ ހިޔާވަހިކަމުގެ ކުދި ކުދި ފްލެޓް ތަކުން 20 – 25 އަހަރުން 2.5 މިލިއަން ރުފިޔާ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ އަތުން ނެގުމަކީ ކޮންކަހަލަ ހަމަ އަކުން، ކޮންކަހަލަ އިންސާފަކުން ކުރައްވާ ކަމެއްތޯ ޤާސިމް ވަނީ ސުވާލު އުފައްފައެވެ.
އަދި އެމަނިކުފާުގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާޢީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށް ދޭނަކަމަށް ވަނީ ވިދާޅުވެފައެވެ.
”ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް އަޅުގަނޑު ދުވަހަކުވެސް ދެކޮޅު ނަހަދާނަމެވެ. ނަމަވެސް ދިވެހިދައުލަތުގައި އޮތް ( އެންމެހާ ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ ) އެންމެ އަގުބޮޑު ބިންތައް ވަކި ބަޔަކަށް ދޭ އިރު، އެ ހައްްޤުން އެއްބައި ރައްޔިތުން މަޙްރޫމުވެފައި، އަދި ހަމަ އެބިމުގައި ޢިމާރްކޮށްފައިވާ އިޖްތިމާޢީ ބޯ ހިޔާވަހިކަމުގެ ކުދި ކުދި ފްލެޓް ތަކުން 20 – 25 އަހަރުން 2.5 މިލިއަން ރުފިޔާ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ އަތުން ނެގުމަކީ ކޮންކަހަލަ ހަމަ އަކުން، ކޮންކަހަލަ އިންސާފަކުން ކުރައްވާ ކަމެއްތޯ އެވެ! އެހެން ކަމުން އަޅުގަނޑުގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާޢީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށް ދޭނަން“ ޤާސިމް ވިދާޅުވެފައިވެއެވެ.









