Search Streamline Icon: https://streamlinehq.com

ޝަރުޢީ ދާއިރާ ހިންގެވުމުގައި ޕީޕީއެމް އަދި އެމްޑީޕީންވެސް ކިޔެވީ އެއް ފޮތަކުން: އަމީން

F4rrJe6aAAAQupj

ޝަރުޢީ ދާއިރާ ހިންގެވުމުގައި ޕީޕީއެމް އަދި އެމްޑީޕީންވެސް ކިޔެވީ އެއް ފޮތަކުން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހީމްގެ ރަނިންމޭޓް، އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ހުރި އިޖްތިމާއީ، ޤައުމީ އެކި މައްސަލަތަކާއިމެދު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް ވާދަކުރައްވާ ބޭފުޅުންގެ ވިސްނުންފުޅާއި ތަޞައްވަރު ހާމަކުރުމަށް ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދިޔަ ރަނިންމޭޓުންގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، އަމީން ވިދާޅުވީ، އެމްޑީޕީންނާއި ޕީޕީއެމުންވެސް ކިޔުއްވީ އެއްފޮތަކުން ކަމަށާއި އިންސާފުގެ ވާހަކަ ދައްކަވާތީ ހިނި އަންނަކަމަށެވެ. އަދި ޕީޕީއެމް އާއި އެމްޑީޕީންވެސް ސަރުކާރު ހިންގަވަނީ ހަމަ އެއްގޮތައްކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ އެމްޑީޕީންވެސް ޕީޕީއެމުންވެސް ކަންތައްކުރަނީ އެއްގޮތަކަށް ކަމަށާއި އަދި މި ދެ ސަރުކާރުންވެސް ވެރިކަން ބޭނުންވެގެން އައި އިރު ޖޭއެސްސީ އިޞްލާހުކުރައްވާނެކަމަށް ވަޢުދުވެވަޑައިގެން ނަމަވެސް އެއްވެސް ކަމެއް ނުކުރެއްވޭ ކަމަށެވެ.

މީގެ އިތުރުން، ރައީސް ޔާމީނުގެ ސަރުކާރުގައި ސިޔާސީ އެތައް ބަޔަކު ޖަލަށްލެއްވި ކަމަށާއި މި ސަރުކާރުންވެސް އެކުރަނީ ހަމަ އެއް ކަމެއް ކަމަށް ފާހަގަކުރައްވަމުން އަމީން ވިދާޅުވީ ދިވެހި އެންމެ ފަރުދަކަށްވެސް އަދުލު އިންސާފު ނުލިބޭނަމަ އެއީ މައްސަލައެއް ކަމަށެވެ.

މި މައުޟޫއަށް އެހެން ކެންޑިޑޭޓުންވެސް ވާހަކަފުޅު ދައްކަވާފައިވާއިރު ޖުމްލަކޮށް ހުރިހާ ބޭފުޅުންވެސް ދެއްކެވީ އެއްވާހަކައެކެވެ. އެގޮތުން، އިންސާފުވެރި ޝަރީއަތްތައް ހިންގަވާނެކަމަށާއި ފުލުހުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އަދި ކޯޓުތައްވެސް އިންސާފުވެރިކަމާއެކު ހިންގާނެ ގޮތްތައް ޤާއިމުކުރައްވާނެކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *