Search Streamline Icon: https://streamlinehq.com

ސަޕޯޓަރުންނަށް މުއިއްޒުގެ އިލްތިމާސެއް: ބިރުނުގަނެ ނިކުމޭ، ވަޒީފާ ގެއްލިއްޖެ ނަމަ، އަލުން އަނބުރާ ވަޒީފާ ލިބޭނެ.

Dr. Muizzu

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒަށް ތާއީދުކުރައްވާތީ، އަދި އެމަނިކުފާނަށް މަރުޙަބާ ދަންނަވަން ނިކުމެގެން ވަޒީފާއިން ވަކުކުރާ މީހުންގެ ވަޒީފާތައް އަލުން އަނބުރާ އިޔާދަކޮށްދޭނެކަމަށް ޑރ މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިހާރު ބ. އަތޮޅަށް ކުރައްވަަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި އެ އަތޮޅު ދަރަވަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރިޔާސީ ކެމްޕޭނުގެ ދަތުރުފުޅުތަކުގައި ރަށްތަކަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ނިކުންނަން ބޭނުންވެފައި ތިބޭ އެތައް ބަޔަކު ވަޒީފާގެ ބިރަށް އެބަ ތިބިކަމަށެވެ.

އަދި އެފަދަ ފަަރާތްތަކަށް ދަންނަަވާލަން އޮތީ ވަޒީފާއަށް ބިރުނުގަނެ، ނުކުމެވަޑައިތުމަށާއި ވަޒީފާއިން ވަކިކުރި ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި އަލުން އަނބުރާ އެ ވަޒީފާ އިޔާދަކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވިސްނުމަކީ އެމަނިކުފާނުގެ ވެރިކަމެއްގައި މުވައްޒަފުންގެ މުސާރަތައް ވެސް މިހާރަށްވުރެ ވެސް ރަނގަޅުކުރުން ކަމަށާއި އަދި އެމަނިކުފާނާއި އެކު ނިކުމެވަޑައިގަތުމަށް މި ދަންނަވަނީ ވަޒީފާގެ ޔަގީންކަމާއި މުސާރަ ބޮޑުވުމުގެ ޔަގީންކަމާއި އެކީގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

“ބިރު ނުގަނޭ. މިހާރު ވަޒީފާއިން ކަނޑާލިޔަސް، އަލުން އަނބުރާ އެ ވަޒީފާތައް ދޭނަން. މުސާރަތައް މިހާރަށްވުރެ ވެސް ރަނގަޅުކުރުން އަޅުގަނޑުމެންގެ ވިސްނުމަކަށް ވާނީ. ވަޒީފާގެ ޔަގީންކަމާއި މުސާރަ ބޮޑުވުމުގެ ޔަގީންކަމާއި އެކީގައި އަޅުގަނޑު މި ދަންނަވަނީ ތިބޭފުޅުން އަޅުގަނޑުމެންނާއި އެކީގައި ކެމްޕޭނުގެ މަސައްކަތްތައް ވަރުގަދައަށް އުޅެދެއްވާ މި އިންތިޚާބު ކާމިޔާބުކުރުމުގެ މަސައްކަތް ކުރައްވާށޭ” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސިޔާސީ ގޮތުން ވަކި މީހަކަށް ތާއީދުކުރާތީ ވަޒީފާގެ ބިރުދައްކާ ވަޒީފާއިން ވަކިކުރުން ނައްތާލަން ޖެހޭކަމަށާއި އެފަދަ މާހައުލެއްގައި މާހައުލެއްގައި ރައްޔިތުން ބައިތިއްބުމަކީ ނިމުމަކަށް ގެންނަން ޖެހޭ ކަމެއްކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *