އުމުރުން 65 އަހަރުވުމުން ވެސް ވަޒީފާއިން ރިޓަޔަކުރަން ޖެހޭ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބެން ބޭނުންވާ މީހުންނަށް ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އެ ފުރުސަތު އޮންނާނޭ ކަމަށް ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު އޭދަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކޮސް ވާހަކަދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ 65 އަހަރުވުމުން ރިޓަޔަކުރަންޖެހޭ މީހުންގެ ތެރެއިން، ޚިދުމަތުގައި ދެމިތިބެން ބޭނުންވާ މީހުންނަށް، ޢުމުރުން 75 އަހަރާއި ހަމައަށް ވަޡީފާއެއްގައި ދެމިތިބުމުގެ ފުރުޞަތު ތަނަވަސްކޮށް ދޭނެ ކަމަށެވެ. އަދި ރިޓަޔަރމަންޓް ޕެންޝަންގެ އިތުރުން، އަދާކުރާ ވަޡީފާގެ މުސާރަވެސް ލިބެމުންދާގޮތަށް ހަމަޖައްސައިދެއްވާނެކަމަށެވެ.
މުއިއްޒު ވަނީ ބ. އަތޮޅަށް ކުރެއްވި ދަތުރު ފުޅުގައި އެ އަތޮޅުގެ ގިނަ ރަށްރަށަށް ވަޑައިގެން ގިނަ ވައުދުތަކެއް ވެފައެވެ.









