Search Streamline Icon: https://streamlinehq.com

އަޅުގަނޑުމެން މާމިގިލިން ނަގައިގެން މިއުޅެނީ އިތާ މުތެއް ފަދަ ކެންޑިޑޭޓެއް: އަލީ ވަހީދު

F4v cIHagAASo3N

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބުރާހީމް އަކީ މާމިގިލިން ނަގައިގެން އުޅޭ އިތާ މުތެއް ފަދަ ކެންޑިޑޭޓެއް ކަމަށް ޢަލީ ވަހީދު އެދިވަޑައިގެންފިއެވެ.

ހުޅުމާލޭ ފޭސް 2 ގައި ޖުމްހޫރީ ޕާޓީގެ އައު ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަލީ ވަހީދު ވިދާޅުވީ، ޤާސިމް އަކީ އިތާގެ ބަނޑުން ވިހޭ ދަރިޔެއް ކަމަށާއި އަދި އެއީ މާމިގިލިން ނަގައިގެން އުޅޭ އިތާ މުތެއް ފަދަ ކެންޑިޑޭޓެއްކަމަށެވެ. އަދި އެއީ ތޯތޯ ވާހަކައެއް ނޫންކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދަޅުވީ ޤާސިމް ނޫނީ ދުނިޔެ ގަބޫލުކުރާ ސްޓޭޓްްމޭން އެއް ނެތްކަމަށާއި ލޯނު ރީ ސްޓްރަކްޗަރ ކުރަން ޤާސިމް އަށް އެނގޭނޭކަމަށެވެ. އަދި ގާސިމަކީ ހުރި ގޮތަށް ހުރި ގެރެންޓީޑް ޕްރޮޑަކްޓް އެއް ކަމަށް ޝާއިރު ވިދާޅުވެފައި އޮންނަކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

“ ދުނިޔެ ގަބޫލުކުރާ ސްޓޭޓްްމޭން އެއް ނެތޭ ގާސިމް ނޫނީ. ގާސިމް އަށް އެކަން ކުރެވޭނެ. ގާސިމް އަށް އެނގޭނެ ލޯނު ރީ ސްޓްރަކްޗަރ ކުރަން. ގާސިމަކީ ހުރި ގޮތަށް ހުރި ގެރެންޓީޑް ޕްރޮޑަކްޓް އެކޭ. ޝާއިރު ވިދާޅުވެފައި އޮވޭ، ވިތާހިރު އެ ރަންމުތަކީ، އިތާގެ ބަނޑުން ވިހޭ ދަރިޔޭ. އަޅުގަނޑުމެން މާމިގިލިން ނަގައިގެން މިއުޅެނީ އިތާ މުތެއް ފަދަ ކެންޑިޑޭޓެކޭ އިނގޭތޯ. މިއީ ތޯތޯ އެއް ނޫނޭ އިނގޭތޯ.“ އަލީ ވަހީދު ވިދާޅުވިއެވެ.

މީގއިތުރުން އަލީ ވަހީދު ވިދާޅުވީ މިވަގުތު ސިޔާސީ މައިދާނުގައި ތިބި ޚިޔާލު ތަފާތު އެންމެހާ ބޭފުޅުންގެ ތެރެއިން އެންމެން އެއްމޭޒެއް ދޮށަށް ގެނެސްގެން، އަދި ހުރިހާ ގައުމަކާއިވެސް ވާހަކަދެއްކޭނެ ބޭފުޅަކަށް ހުރީ ގާސިމް އެކަނި ކަމަށެވެ. ޗައިނާ އާއި އިންޑިއާ އާއި އަދި ސައުދީ އަރަބިއްޔާއާވެސް އެމަނިކުފާނު ބާއްވާނީ ގާތްގުޅުމެއްކަމުގައި އަލީ ވަހީދު ވިދާޅުވިއެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *