Search Streamline Icon: https://streamlinehq.com

ރޭގެ ޖަލްސާގައި މުއިއްޒުއާއި ގުޅޭގޮތުން ދެންނެވީ ކުޑަ އެއްޗެއް: އިމްރާން

Large 169282109839h7P2

ރޭ އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި ޑރ. މުހައްމަދު މުއިއްޒުއާއި ގުޅިގެން ދެންނެވީ ކުޑަ އެއްޗެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމާރަން ވިދާޅުވެއްޖެއެވެ.

ޝައިޚް އިމްރާން މިކަން ހާމަކޮށްފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓުގައި އިމްރާން ވިދާޅުވީ ރޭގެ އެމްޑީޕީގެ ބޮޑު ޖަލްސާގައި މުއިއްޒުއާއި ގުޅިގެން ދެއްކެވި ވާހަތަކާއި ގުޅިގެން ގިނަ ބަޔަކު ގުޅުއްވާ މެސެޖުކުރަމުން އަންނަ ކަމަށާއި ރޭގެ ޖަލްސާގައި މުއިއްޒުއާއި ގުޅިގެން ދެންނެވީ ކުޑަ އެއްޗެއްކަމަށެވެ.

އަދި ރޭގެ ޖަލްސާގައި މުއިއްޒުއާއި ގުޅޭގޮތުން ދެންނެވި ވާހަތަކަކީ އެމަނިކުފާނަށް މުއިއްޒު ކޮންމެވެސް ވަރަކަށް އެނގޭތީ ދެއްކި ވާހަކަތަކެއް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި އެނގޭ މީހުން ނޭންގޭ މީހުންނަށް ބުނެދިނުމަކީ އޮތްކަމެއް ކަމެއް ކަމަށް ވެސް އިމްރާންގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

“ ރޭގެ ޖަލްސާގެ ފަހުން އަޅުގަނޑަށް ވަރަށް ގިނަ ބޭފުޅުން ގުޅުއްވާ މެސެޖުކޮސް ހައްދަވާތީ ދަންނަވަމެވެ. އަޅުގަނޑު ޑރ. މުއިއްޒުއާއި ބެހޭގޮތުން ކުޑަ އެއްޗެއް މި ބުނެލީ. އަޅުގަނޑަށް ޑރ. މުއިއްޒު ފުދޭވަރަކަށް އެނގޭތީ. އެންގޭ މީހުން ނޭންގޭ މީހުންނަށް ބުނެދިނުމަކީ އޮތްކަަމަށް ވާތީ.“ އިމްރާނުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ރޭގެ ޖަލްސާގައި އިމްރާން ވަނީ މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްވާފައެވެ. އެގޮތުން ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސީ ވަރަފެޅީ އަދާލަތު ޕާޓީގެ ހާލީގައި އޮވެގެން ކައިބޮއިގެންކަމަށް ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގެ ވެރިކަން ބަދަލުވެގެން މަގާމްތައް ބަހަންޖެހުނުވަގުތުގައި ކުޑަކުއްޖަކު މަންމަގެ ކައިރިއަށް އައިސް ރޯހެން އެމަނިކުފާނުގެ ކައިރީގައި މުއިއްޒު ވަޒީފާއަށް ރޮއެ އާދޭސް ކުރިކަމަށާއި އަދި އެމަނިކުފާނު މުއިއްޒަށް ވަޒީފާ ދިނީ މަންމަގެ ލަގޮނޑިއަށް ކެތްނުވާފަދައިން ލަގޮނޑިއަށް ކެތް ނުވެގެން ކަމަށެވެ.
” ނަޝީދުގެ ސަރުކާރުގެ ވެރިކަން ބަދަލުވެގެން މަގާމްތައް ބަހަންޖެހުނުވަގުތުގައި ކުޑަކުއްޖަކު މަންމަގެ ކައިރިއަށް އައިސް ރޯހެން އަޅުގަނޑު ކައިރީގައި ވަޒީފާއަށް އައިސް ރުއީ. އަޅުގަނޑު މުއިއްޒަށް ވަޒީފާ ދިނީ މަންމަގެ ލަގޮނޑިއަށް ކެތްނުވާފަދައިން އަޅުގަނޑުގެ ލަގޮނޑިއަށް ކެތް ނުވެގެން މުއިއްޒަށް މަގާމްދިނީ.”

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *