Search Streamline Icon: https://streamlinehq.com

ދީނީ އިލްމުވެރިންގެ އަޑު ރައީސް ޞާލިހު އައްސަވާ: ޑރ. އިޔާޟް

F5Ul1QlaEAAjozj

ރައީސް ޞާލިހު އަކީ ދީނީ ޢިލްމުވެރިންގެ އަޑުއައްސަވާ އިލްމުވެރިން ކަމަކާ މެދު ކަންބޮޑުވެގެން މަޝްވަރާކޮށްފި ނަމަ އެއްވެސް ފަސްޖެހުމެއް ނެތި އެކަމަށް ހައްލު ހޯއްދަވަން އެމަނިކުފާނު މަސައްކަތް ކުރައްވާ ވެރިއެއް ކަމަށް ޑރ. މުޙައްމަދު އިޔާޟް އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހަށް ތާއީދު ކުރާކަން ހާމަކުރަން މިއަދު ހެނދުނު ދީނީ އިލްމުވެރިންތަކެއް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިޔާޟް ވިދާޅުވީ ރައީސް ޞާލިހުއަށް ތާއީދުކުރައްވާ އެންމެ ބޮޑު އެއް ސަބަބަކީ ދީނީ އިލްމުވެރިންގެ އަޑު ރައީސް އައްސަވާތީއާއި އިލްމުވެރިން ކަމަކާ މެދު ކަންބޮޑުވެގެން މަޝްވަރާކޮށްފި ނަމަ އެއްވެސް ފަސްޖެހުމެއް ނެތި އެކަމަށް ހައްލު ހޯއްދަވަން އެމަނިކުފާނު މަސައްކަތް ކުރައްވާތީ ކަމަށް ވިދާޅުވި އެވެ.

އަދި ރައީސް ޞާލިހުގެ ވޭތުވެ ދިޔަ ފަސް އަހަރުގައި ފެނިގްނެ ދިޔައީ އަމާންކަމާއި އޯގާވެރިކަމާއި އިހްލާސްތެރިކަމާއި މިފަދަ ރަނގަޅު ސިފަތަކެއްކަމަށް އިޔާޟް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ގާތުން ދަންނަ ކޮންމެ މީހަކަށް ފާހަގަކުރެވޭނެ ފަދައިން އެމަނިކުފާނަކީ ވަރަށް ހިތްޕުޅު ތިރި ތައާޟުއުވެރި އޯގާވެރި، ރަހުމަތްތެރި ބޭފުޅެއްކަމަށް ވެސް އިޔާޟް ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް އެމަނިކުފާނުގެ ވޭތުވެދިޔަ ފަސް އަހަރު ފެނިގެން ދިޔައީ، އަމާންކަމާއި އޯގާވެރިކަމާއި އިހްލާސްތެރިކަމާއި މިފަދަ ރަނގަޅު ސިފަތަކެއް. އެމަނިކުފާނު ގާތުން ދަންނަ ކޮންމެ މީހަކަށް ފާހަގަކުރެވޭނެ ފަދައިން އެމަނިކުފާނަކީ ވަރަށް ހިތްޕުޅު ތިރި ތައާޟުއުވެރި އޯގާވެރި، ރަހުމަތްތެރި ބޭފުޅެއް،“ އިޔާޟް ވިދާޅުވި އެވެ.

އެގޮތުން ސްކޫލު ކުދިންގެ މޫނު ބުރުގާގެ މައްސަލައިގައި ވެސް ދީނީ އިލްމުވެރިން އެދުނު ގޮތަށް ”އަކުރުން އަކުރަށް“ މައްސަލަ ހައްލުކޮށްދެއްވި ކަމަށް އިޔާޒު ވިދާޅުވި އެވެ. އަދި ނަފްރަތުގެ ބިލުގެ މައްސަލަ އާއި އެމްޑީއެން ޖަމިއްޔާ އުވާލުމުގައި ވެސް އެމަނިކުފާނު އަމަލުކުރެއްވި ގޮތް އިޔާޟް ފާހަގަކުރެއްވި އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *