Search Streamline Icon: https://streamlinehq.com

މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދުގެ ތާއިދު ޑރ މުއިއްޒަށް

Original

ރާއްޖޭގެ މަޝްހޫރު ދިނީ އިލްމުވެރިޔާ، ޑރ އަލީ ޒައިދުގެ ތާއީދު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒަށް ކުރެއްވުމަށް ނިންމައިފިއެވެ.

ޝައިޚް މިކަން ހާމަކުރީ މިއަދު ކުރެއްވި ޓުވީޓެއްގައިއެވެ.

މި ޓްވީޓުގައި ޝައިޚް ބުނެފައިވަނީ ގައުމުގެ މިވަގުތުގެ ހާލަތާއި އެންމެ މުނާސަބު ކެންޑިޑޭޓަކީ ޑރ މުއިއްޒުކަމުގައި ދެކިލައްވާތީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ މުއިއްޒަށް ތާއިދު ކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.

ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް މީގެ ކުރިން ވަރަށް ބޮޑަށް ތައުރީފް ކުރެއްވި ޑރ އަލީ ޒައިދު ޑރ މުއިއްޒަށް ތާއިދު ކުރެއްވުމަށް ނިންމަވާ ކުރެއްވި ޓުވީޓުގައި  އިތުރަށްވަނީ ހެޔޮ ތައުފީގު ދެއްވުމަށް އެދި ދުއާ ކުރައްވާކަމުގައެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވަނީ ޑރ މުއިއްޒަށް ތާއިދު ކުރައްވާކަން ހާމަކުރައްވާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *