Search Streamline Icon: https://streamlinehq.com

ދެރަށެއްގައި ކާފިއު ހިންގަން ނިންމައިފި

Dhidhoo

ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ހއ.ދިއްދޫއާއި ފ.ފީއަލީގައި ކާފިއު ޢިއުލާންކޮށްފި އެވެ.

އެ ދެ ރަށުގައި ކާފިއު ހިންގުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ އެ ދެ ރަށުގައި ކާފިއު ހިންގާނީ ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކަމުގަ އެވެ. އަދި އެ ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުމާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށް ވެސް އެ އެންގުމުގައި ބުނެފައި ވެއެވެ.

އެޗްޕީއޭ އިން ނެރުނު މި އެންގުމެއްގައި ވަނީ މި ދެ ރަށުގައި މިއަދުން ފެށިގެން ރޭގަނޑު 9 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުން މަނާކޮށްފައެވެ.

އަދި ޕާޓީތަކާއި، ޙަފްލާތަކާއި،ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި، ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށާއި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

މީގެއިތުރުން ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުމަށާއި، ފިރާތަކުން ޚިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމުގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *