Search Streamline Icon: https://streamlinehq.com

ރާއްޖެއިން އެކަނިވެސް ފަލަސްތީނަށް 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

378469 3 95683f23ba50d4c08f5eabe22ae9e3194a2ec906 medium

ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި ކުދިންނަށް އެހީވުމަށް ރާއްޖެއިން އެކަނިވެސް 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ރާއްޖެ ގޮފިން ބުނެފިއެވެ.

އައިއޭސީން ހާމަކުރި ގޮތުގައި ފަލަސްތީނަށް އެހިވާން ރާއްޖޭގައި ހުޅުވާފައިިވާ ”އަހަރެމެން ފަލަސްތީނާއެކު“ ފަންޑަށް މިހާތަނަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.

މިފަންޑަށް އާންމު ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ތަފާތު ހަރަކާތްތައް ވެސް ބާއްވައިގެން ފައިސާ އެއްކޮށް، ފަންޑަށް ހަދިޔާކުރުމުގެ ހަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ކުރަމުންނެވެ. މާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށި ބަހައްޓައިގެން، ފައިސާ ހޯދުން ކުރިއަށް ދިޔައީ ވަރަށް ފޯރިއާއިއެކުކަން ފާހަގަވެއެވެ. މީގެ އިތުރުން ފަންޑް ރެއިސް ކުރުމަށް ސައިިކަލު ދޮވުމާއި، ކޭކާއި ހެދިކާ ކަހަލަ އެކި އެއްޗިހި ވިއްކައިގެން ލިބުނު ފައިސާވެސް މި ފަންޑަށް ވަނީ ޖަމާކޮށްފައެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާތައް ބަދަލުކުރުމާއި ގުޅިގެން ފެށުނު މި ހަނގުރާމައިގައި ފަލަސްތީނުގެ ރައްޔިތުން ތިބީ އަސާސީ ޚިދުމަތްތަކުން މަހުރޫމްވެ ހާލުގައި ޖެހިފައެވެ. މިދަނޑިވަޅުގައި ރާއްޖޭޣެ އިތުރުން ދުނިޔޭގެ އެހެނިހެން ގައުމުތަކުންވެސް ދަނީ އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.

އައިއޭސީން ވަނީ ފަލަސްތީނުގެ ރައްޔިތުން މިހާރު ތިބި ނިކަމެތި އަދި ބިރުވެރި ހާލަތުގައި ވީހާ ވެސް ގިނަ ބަޔަކު އެހީތެރިކަން ފޯރުކޮށް ދޭން އެދިފައެވެ. އެގޮތުން ފަންޑަށް ލިބުނު ފައިސާ އިން މިދިޔަ ހަފުތާގެ ފަހުކޮޅު 200 އާއިލާއަކަށް 500 ޑޮލަރުގެ މަގުން ފައިސާ ބަހާފައިވާ ކަމަށް ވެސް އައިއޭސީން ބުންޏެވެ.

އައިއޭސީގެ އިތުރުން މޯލްޑިިވްސް ރެޑް ކްރެސެންޓުން ވެސް ފަންޑަށް ހުޅުވާފައިވާ އިރު، ރާއްޖޭގެ ގިނަ މީޑިއާތަކެއް ބައިވެގެން މިދިޔަ ހަފްތާގައި ބޭއްވި ޓެލެތޯނަކުން ވެސް 12،989،372.72ރ. ރުފިޔާ އާއި 8،672.38 ޑޮލަރު ލިބިފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *