Search Streamline Icon: https://streamlinehq.com

މިނިވަންކަން ލިބެންދެން ދިވެހިން ތިބޭނީ ފަލަސްތީނާއެކު: ޝަހީމް

Dr.Shaheem

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފުލިބި މިނިވަންކަން ލިބެންދެން ދިވެހިން ތިބޭނީ ފަލަސްތީނާއެކުގައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނިކަމެތި ހާލުގައި ބިރުވެރިކަމެއްގެ ތެރޭގައި ތިބިި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ލިބި މިނިވަންކަން ލިބެންދެން ރާއްޖޭގެ ރައްޔިތުން ތިބޭޏީ ފަލަސްތީނާއެކުގައި ކަމަށެވެ.

ޢަރަބިބަހުން ޝަހީީމް ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ތިބުމާއި، އެ ޤައުމުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަށް ދައްކައި އަލް އަޤްސާ މިސްކިތް ދިފާއުކުރުމަކީ ވޭދުވެދިޔަ 70 އަހަރު ރާއްޖެއާއި ދިވެހިން ސިޔާސާތުކަމަށެވެ.

“ ރާއްޖެއިން ވޭތުވެދިޔަ ހަތްދިހަ އަހަރެއްހާ ދުވަހު ފަލަސްތީނާއިއެކު ތިބެފައިވާގޮތް އެ ގައުމުގެ މިނިވަންވުމާ ހަމައަށް ދިވެހިން ވާނީ ފަލަސްތީނާއެކު.“ ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ އެމަނިކުފާނުގެ ޓުވިޓާގައި ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރް އަރަފާތު، ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިއްސާކުރައްވާފައެވެ.

ޝަހީިމްގެ އިތުރުން ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމްވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް އަނބުރާ ހޯދުމަށްޓަކައި ފަލަސްޠީނުގެ ހިތްވަރުގަދަ މުޖާހިދުން އޮކްޓޫބަރު 6 ގައި ފެށި ވަރުގަދަ ޖިހާދަށް އައްސަރިބަހާއި ސާބަސް ރައްދު ކުރައްވާފައެވެ.

”ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް އަނބުރާ ހޯދުމަށްޓަކާ ފަލަސްޠީނުގެ ހިތްވަރުގަދަ މުޖާހިދުން އިއްޔެ އޮކްޓޫބަރު 7 ގައި އާހިތްވަރަކާއެކު ފެށި ވަރުގަދަ ޖިހާދަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން.“ ފަލަސްޠީނުގެ ރައްޔިތުން ޙައްޤުގައި އެމަނިކުފާނުގެ ޒަޢާމަތުގައި ބައިނަލްއަޤްވާމީ މައިދާނުގައި އަޑުއުފުއްލެވި، ރައީސް މައުމޫން ވިދާޅުވިއެވެ.

ޙަމާސް ޖަމާޢަތުން ކޮންޓްރޯލްކުރާ ޣައްޒާއަކީ ފަލަސްޠީނުގެ 2.3 މިލިޔަނެއްހާ މުސްލިމުން ދިރިއުޅޭ ސަހަރުކަމަށްވީނަމަވެސް އެތަނުގެ ވަށައިގެން ޔަހޫދީ ޓެރެރިސްޓުން ފެންސް ޖަހައި ބަންދުކޮށްފައިވުމުން، ޣައްޒާގެ ރައްޔިތުންނަށް އެ ރަށަށް ވަދެނިކުމެ ހެދެނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓުތައް ހުރަސް ކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސްއިން ބުނީ، ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރަން މަޖުބޫރުވީ، ޔަހޫދީ ޖައްބާރު ސިފައިންގެ އަމަލުތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަޞް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކަނޑަމުންދާތީ ކަމުގައެވެ. ޔަހޫދީންގެ ޢާންމުންނާއި ޔަހޫދީ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *