Search Streamline Icon: https://streamlinehq.com

އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތާލާ ކަމަށްބުނާ ވީޑިޔޯއެއް ދައުރުވާން ފަށައިފި

Viber image 2023 10 22 17 58 43 276 750x375

ފިއުލް ސަޕްލައި މޯލްޑިވްސްގެ ވިޔަފާރި އާއި ގުޅޭ ގިނަ ލިޔުންތަކެއް ނައްތާލާ ކަމަށް ބުނާ ވީޑިޔޯއެް މީސްމީޑީޔާގައި ދައުރުވާން ފަށައިފިއެވެ.

މި ސަރުކާރުގެ ދައުރު ނިމި އިންތިޤާލީ މަރުހަލާގައި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ލިޔެކިޔުންތައް މިގޮތަށް ނައްތާލުމަކީ ކުށެކެވެ.

މި ވީޑީޔޯގައި ފެނިގެންދަނީ ތިލަފުށީގައި ހުންނަ އެފްއެސްއެމް ޖެޓީ މަތީގައި ކޮންކްރީޓު ގަށާ މެޝިނެއްގެ ތެރެއަށް ”ލިޔެކިޔުން“ ކަރުދާސްތަކެއް އަޅައި ނައްތައިލުމުގެ މަސައްކަތްކުރާ މަންޒަރެވެ.

މި ވީޑީޔޯ އާންމުކުރި ފަރާތުން ބުނެފައިވަނީ ކޮންކްރީޓު ގަށާ މެޝިނަކަށް އަޅާ ނައްތާލުމުގެ މަސައްކަތް ކުރަމުން އެދަނީ އެފްއެސްއެމްގެ މުހިންމު ލިޔެކިޔުންތައް ކަމަށެވެ.

އެ ވީޑިއޯއިން ފެންނަނީ ބޮޑެތި ގޯނީގައި ގިނަ އަދަދެއްގެ ލިޔުންތައް ޖެޓީ މައްޗަށް ގެންގޮސް އެތަނުގައި ތިބި މުވައްޒަފުންތަކެއް އެތަކެތި ކޮންކުރީޓު ގަށާ މެޝިނަށް އަޅައި ނައްތައިލަމުންދާ މަންޒަރެވެ.

އެ ލިޔެކިޔުންތަކުގެ ތެރޭގައި އެފްއެސްއެމްގެ އިންވޮއިސްތަކާއި ޑެލިވަރީ ނޯޓުތަކާއި އެނޫން ވެސް މުހިއްމު ލިޔުންތައް ހިމެނޭ ކަމުގެ މައުލޫމާތު ލިބެއެވެ.

އެފްއެސްއެމްގެ ވިޔަފާރި އާއި ގުޅޭ ގިނަ ލިޔުންތަކެއް އިންތިޤާލީ މަރުހަލާގެ ތެރޭގައި ނައްތައިލަމުން އަންނަ ކަމަށް ބުނާ ވިޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނަ އިރު އިންތިޤާލީ މަރުހަލާގައި އިދާރާތަކާއި ކުންފުނިތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ކަމަށް އެކުލަވައިލި ކޮމިޓީތަކުން ކުރަމުންދާ އިރު ބައެއް އިދާރާތަކާއި ކުންފުނިތަކުން އެކަށީގެންވާ މިންވަރުގެ އެއްބާރުލުން އެ ކަމަށް ނުލިބޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންޒިޝަން އަބްދުއްރަހީމް (އަދުރޭ) ވަނީ ވިދާޅުވެފައިވެއެވެ.

ގުޅޭ ޓެގް:

1 ކޮމެންޓް

  1. ޢެފްއެސްއެމްގެ އެމްޑީއަކަށްހުރީ ބޮޑުވަގެއް އެކަލޭގެ ކޮންމެފަދަކަމެއްވެސް ކޮއްފާނެ އެމަސްއަލަ ކަމާބެހޭފަރާތްތަކުން ބެލެންޖެހޭ އެފަދަ މުޖުރިމުން ހިފާހައްޔަރުކުރަންޖެހޭ މިހާރުންމިހާރަށް

Leave a Reply

Your email address will not be published. Required fields are marked *