ހަމާސްގެ މުޖާހިދުންނާއި އިސްރާއިލުން ކުރަމުންދާ ހަނގުރާމައިގައި ހައްޔަރުކޮށްގެން ގެންދެވުނު ރަހީނުން ދޫކޮށް ނުލަނީސް ހަނގުރާމަ ހުއްޓާނުލާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އެމެރިކާގެ ރައްޔިތުން ހިމެނޭހެން ހަމާސްއިން މީހުން ރަހީނުކޮށްފައި އެބަތިބި ކަމަށާއި އެމީހުން މިިނިވަން ނުކުރަނީސް ހަގުރާމަ ހުއްޓާނުލާނެ ކަމަށެވެ.
އެމެރިކާއިން މިހެން ބުނާއިރު މިދިޔަ ހުކުރު ދުވަހުވެސް ހަމާސްއިން ވަނީ އެމެރިކާގެ ދެ އަންހެނަކު މިނިވަންކޮށްފައެވެ. އެމީހުންނާއި ހަވާލާދީ ރިޕޯތްތައް ބުނާގޮތުން ޣައްޒާގެ މީހުންނަކީ ވަރަށް ހިތްހެޔޮ ބަޔެކެވެ. އެމީހުން ރަހީނުކޮށްފައިތިބިއިރުވެސް ކަންތައް ކުރީ މިނިވަނުން ގޮތުގައި ކަމަށެވެ.
ހަމާސް އާއި ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ޕެންޓަގަން އިން ވަނީ މެދުއިރުމައްޗަށް އިތުރު ސިފައިން ފޮނުވުމަށް އަމުރުކޮށްފައެވެ.
މިހަނގުރާމައިގައި އެތައް ހާސް ބަޔެއްގެ ގެޔާ ގެދޮރ،ި ފުރާނަ ގެއްލި ނުކުޅެދޭ މީހުންނަށް ވެފައިވާއިރު މިހަނގުރާމަ ހުއްޓާލުމަށް ކޮންގްރެސްގައި ތިބި ބައެއް ލިބަރަލް ޑިމޮކްރެޓުން ވަނީ ބައިޑަން އަށް އިލްތިމާސްކޮށްފައެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާވެސް ވަނީ އިއްޔެގެ ވަގުތެއްގައި މި ހަނގުރާމަ ހުއްޓާލުމުގެ ޚިޔާލާ ދެކޮޅު ހަދާފައެވެ. އޭނާ ބުނާ ގޮތުން ހަމާސްއިން ކިތަންމެ އިންޒާރެއް ދިނަސް އިސްރާއީލް ދިފާއުގައި ނުކުތުމުގެ ގާބިލްކަން އެ ގައުމަށް ލިބިގެންވާ ކަމަށެވެ.
ފަލަސްތީނުގެ ޣައްޒާގެ އުތުރުގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އިންޑޮނޭޝިއަން ހޮސްޕިޓަލުން ތެޔޮ ހުސްވެ، ކަރަންޓު ކެނޑި ހިދުމަތްތައް ހުއްޓިފައިވަނިކޮށް އަލުން އެ ހޮސްޕިޓަލަށް ކަރަންޓު ދީފައިވާ ކަމަށް އަލް ޖަޒީރާ އިން ވަނީ ރިޕޯޓްކޮށްފައެވެ.









