ރާއްޖެއިން ފަލަސްތީނަށް ދެ މިލިޔަން މަސްދަޅު ހަދިޔާ ކުރުމަށް ނިންމައިފިއެވެ.
އިސްރާއީލުން ފަލަސްތީނުގައި ގަތުލު އާންމެއް ހިންގަމުންދާތީ ފަލަސްތީނުގފެ ރައްޔިތުން ތިބީ ހާލުގައި ޖެހިފައެވެ. އެހެންކަމުން ރާއްޖެއިން ދަނީ ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން 2 މިލިޔަން މަސްދަޅު ފަލަސްތީުގެ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ރާއްޖެއިން ވަނީ ނިންމާފައެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނަށް މަސްދަޅު ހަދިޔާ ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމާފައިވާ ކަމަށެވެ.
”ފަލަސްތީނުގެ އަހުންނާއި އުހުތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ ނިންމަވާފަ،“ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތާއި ހައްގުތައް ކަށަވަރު ކުރަން ކުރާ މަސައްކަތްތަކަށް ރާއްޖެއިން ޝަރުތަކާ ނުލައި ތާއީދު ކުރަމުންދާނެ ކަމަށެވެ.
ޣައްޒާގައި ތިބި މުސްލިމުންނަށް އެޙިތެރިކަން ފޯރުމުގެ މަސައްކަތް ރާއްޖެއިން ދަނީ ކެނޑިނޭޅި ކުރިޔަށް ގެންދަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަންޑޫފޮށިތައް ބަހައްޓައިގެންނާއި ފަންނާނުންގެ ޝޯ ބާއްވައިގެން އަދި ޓެލެތޯން ބާއްވައިގެން އެތައް މިލިޔަން ރުފިޔާގެ އެހީ ވަނީ ހޯދައިދީފައެވެ.
އޮކްޓޯބަރު 7، އިން ފެށިގެން އިޒްރޭލުން ގެންދަނީ ފަލަސްތީނަށް ވަރަށް ގަދަޔަށް ހަމަލާދެމުންނެވެ. މިހަނގުރާމައިގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 5،000 އަށް އަރައިފިއެވެ.









