ކުޑަކުއްޖެއްގެ ގައިގައި ޖެހި ބޭރު މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ސަންދީޕް ކޯރު ނަމަކަށް ކިޔާ އިންޑިޔާ މީހެކެވެ.
ފުލުހުން ވިދާޅުވީ ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާވާ ގޮތަށް އަނިޔާކުރި އިންޑިޔާ މީހާ ހައްޔަރުކޮށް އިއްޔެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް އެ ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ކޯޓުން ބުނާގޮތުގައި އޭނާގެ މައްޗަށް ތުހުމަތުވާ މައްސަލައިގެ ތުހުމަތައް ވުޖޫވާ ވަރަށް ހެކި ލިބިފައި ވެއެވެ. އަދި ހުށަހެޅިފައިވާ ބަޔާންތަކާއި ވީޑިއޯއިން ކުއްޖާގެ ގައިގައި އޭނާ ޖަހާފައި ހުރިކަން އެނގޭ ކަމަށްވެސް ބުނެފައި ވެއެވެ.
މިމައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމު ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދު ކުރަން އަމުރު ކޮށްފައެވެ.
ރާއްޖޭގައި ކުޑަކުދިންނަށް އަނިޔާ ކުރާ މައްސަލަތައް ވަރަށް ބޮޑަށް ދަނީ އިތުރުވަމުންނެވެ









