ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުން އެދަނީ އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ފެށުމުގެ އަދަބު ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
ބައިޑެން ވިދާޅުވީ ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ގަތުލު އާންމަކީ ހަމާސްއިން ހަނގުރާމައެއް ފެށުމުގެ ނަތީޖާ ކަމަށާއި ޝަހީދުވި ކަމަށް ބުނެ ފަލަސްތީނުގެ ކަމާއިބެހޭ އިދާރާތަކުން ހާމަކުރާ އަދަދު ގަބޫބު ނުކުރެވޭ ކަމަށެވެ. އަދި މައުސޫމް ބަޔަކު ޝަހީދުވެފައި ވެދާނެ ކަމަށާއި، އެމަރުތަކުން އެއަދާ ކުރެެވެނީ ހަނގުރާމަ ފަށައި ހިންގުމުގެ އަގު ކަމަށެވެ.
ބައިޑަން މިހެން ބުނެފައިވަނީ އޮސްޓްރޭލިޔާގެ ބޮޑު ވަޒީރު އެންތޮނީ އަލްބަންސޭ އާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުންނެވެ.
އިސްރާއީލުން ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާގެ ސަަބަބުން ޝަހީދުވި މީހުންގެ ޢަދަދާއި މެދުވެސް އެމެރިކާއިން ވަނީ ސުވާލު އުފައްދައިފައެވެ. އަހްލީ އަށް ދިން ހަމަލާގައި 500 އާއި ގާތްކުރާ ޢަދަދަކަށް މީހުން ޝަހީދުވި އިރު އެމެރިކާއިން ބުނީ ޝަހީދުވީ 300 އެއްހާ މީހުން ކަމަށެެވެ.
އިޒްރާއިލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 6500 މީހުން ޝަހީދުވެފައިވާ އިރު އިޒްރާއިލުން ދަނީ ޣައްޒާގެ ޑޮކްޓަރުންނާއި ނޫސްވެރިންނަށާއި އެމީހުންގެ ޢާއިލާތަކަށް އަމާޒުކުރަން ފަށައިފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 15،000 އަށްވުރެ ވަނީ މަތިވެފައެވެ.









