Search Streamline Icon: https://streamlinehq.com

ޣައްޒާއަށް ދިން ހަމަލާއެއްގައި އިސްރާއީލުގެ 50 ރަހީނުން މަރުވެއްޖެ

Capture

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގައި ހަމާސްއިން ރަހީނުކޮށްގެން ގެންގުޅުނު އިސްރާއީލުގެ 50 މީހަކު މަރުވެއްޖެއެވެ.

ހަމާސްގެ އަސްކަރީ ވިންގް، ޤައްސާމް ބްރިގޭޑްސްގެ ޓެލެގްރާމް އެކައުންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގައި އިސްރާއީލުގެ ރަހީނުން ގެންގުޅޭ ސަރަހައްދަށް ދިން ވައިގެ ހަމަލާއެއްގައި 50 ރަހީނުން މަރުވެފައިވާކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުން ޑްރޯންއެއް ފޮނުވައި ވައިގެ ހަމަލާދިނީ އިސްރާއީލުގެ މީހުން ހައްޔަރުކޮށްފައި ތިބި ތަނަކަށެވެ.

އެ ޑްރޯން ވެއްޓިފައިވަނީ އިސްރާއީލުގެ މީހުން ތިބި އިމާރާތެއްގެ ބެލްކަންޏަށެވެ. އެ ގެއަކީ ލުބުނާނުގެ ބޯޑަރާއި ވަރަށް ކައިރީގައި ހުންނަ ގެއެކެވެ.

ހޮސްޕިޓަލާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ، އަނިޔާވި މީހުންގެ ތެރޭގައި 5 އަހަރާއި 11 އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އާންމު ކޮށްފައެއް ނުވެއެވެ.

މިހާދިސާގައި އަނިޔާ ލިބުނު 7 މީހުންގެ ތެރެއިން 6 މީހަކު ދޫކޮށްލާފައިވާއިރު، 66 އަހަރުގެ ފިރިހެނަކަށް ހޮސްޕިޓަލުގައި އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މީގެކުރިން އިސްރާއީލުން ބުނެފައިވަނީ ހަމާސްގެ މުޖާހިދުން އިސްރާއީލުގެ 224 ވަރަކަށް މީހުން ރަހީނުކޮށްގެން ޣައްޒާއަށް ގެންދިޔަ ކަމަށާއި ހަމާސްގެ މުޖާހިދުން ރަހީނުން މަރަމުންދާ ކަމަށެވެ.

އެހެންނަމަވެސް ދާދި ފަހުން ހމާސްއިން ވަނީ ބައެއް ރަހީނުން ދޫކޮށްލާފައެވެ. ދޫކޮށްލި ރަހީނުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ހަމާސްގެ މީހުން ރަހީނުންނާއި ދޭތެރޭ ކަންތައް ކުރަނީ ވަރަށް ރަނގަޅަށެވެ. ބަރާބަރަށް ކާންދީ ބޭސްދީ ހަދައެވެ. އަދި މިނިވަންކަމާއެކީ ދޫކޮށްލާފައި ތިބޭ ކަމަށްވެސް ވަނީ ބުުނެފައެވެ.

އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައަށް މިއަދަށް 20 ދުވަސް ވެފައިވާއިރު، ދެ ފަރާތުން ވެސް ވަނީ ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *