Search Streamline Icon: https://streamlinehq.com

މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާ ކޯލިޝަންގެ އަންހެން މެންބަރުންނަށް ހާއްސަ އެލަވެންސެއް ދެނީ

Muizzu

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް ހޮވޭ ޕީޕީއެމް ޕީއެންސީގެ އަންހެން މެންބަރުންނަށް ހާއްސަ އެލަވަންސެއް ދިނުމަށް އިންތިހާބީ ރައިސް ނިންމައިފިއެވެ.

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް ހޮވޭ ޕީޕީއެމް ޕީއެންސީގެ އަންހެން މެންބަރުންނަށް ހާއްސަ އެލަވަންސެއް ދެއްވާނެ ކަމަށެވެ. އަދި ވީހާވެސް ގިނަ އަންހެން ބޭފުޅުން މަޖިލިސް އިންތިހާބަށް ވާދަކުރައްވައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ ވަރަށް އެދޭ ކަމެއް ކަމަށެވެ.

”މިގޮތުން، ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހުގެ މަދުވެގެން %20 ގޮޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރުމަށް ގޮވާލަން.“. މުއިއްޒު ވިދާޅުވިއެވެ.

އަދި، އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން، އެ ޕާޓީން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރައާއި އެލަވަންސްގެ އިތުރުން ޕާޓީއިން ހާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ބާދީ ކަނޑައެޅިފައިވާ ގޮތަށް ބަލައި، އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހަ ދާއިރާ އެއް އިތުރުކޮށް 93 ގޮނޑި އަށް މަޖިލީހުގެ ގޮނޑިތައް އިތުރުކުރުމަށެވެ. އެހެންކަމުން 20 ވަނަ މަޖިލީހުގައި ތިއްބަވާނީ 93 މަޖިލިސް މެންބަރުންނެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ. މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ އަންހެން ބޭފުޅުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *