Search Streamline Icon: https://streamlinehq.com

އިންތިހާބީ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތުގެ ތައްޔާރީތައް ފަށައިފި، 22 މިލިޔަން ރުފިޔާ ޚަރަދުވާނެ

Capture

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރުުގެ ރަސްމިއްޔާތަށް ތައްޔާރީތައް ވާން ފަށައިފި ކަމަށާއި މި މަސައްކަތަށް 22 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

މަޖިލީހުން ބުނިގޮތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ސިފައިންގެ  ވެލްފެއަރ ކުންފުންޏެއް ކަމަށްވާ ”ސިވެކް“ އާ އެވެ. މިމަހު 17 ވަނަ ދުވަހަށް ޖުމްހޫރީ މައިދާން ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު މިވަނީ ފަށާފައެވެ. އެގޮތުން ޖުމްހޫރީ މައިދާން ވަށައި ފެންސު ޖަހައި ބަންދުކޮށް، މަސައްކަތް ވަނީ ފަށައިފައެވެ.

މި މަސައްކަތަށް 22.9 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށާއި ޓެންޑާ ބޯޑުން މި މަސައްކަތް މިދިޔަ ބްރާސްފަތި ދުވަހު ސިފައިންގެ ވެލްފެއަރ ކުންފުނި (ސިވެކް)އާ ހަވާލުކޮށްފައިވާ ކަމަށްވެސް މަޖިލީހުން ބުނެއެވެ.

މި ރަސްމިއްޔާތަށް ބޭރު ގައުމުތަކުގެ ވެރިންނާއި ބައިނަލްގަވުމީ މީޑީއާތަކާއި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުން ހިމެނިވަޑައިގަންނަވާ ގޮތަށް ގާތްގަނޑަކަށް 3،500 މީހުންނަށް ވަނީ ދައުވަތު ދީފައެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާ އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ހަވީރު 16:45ގައި ޖުމްހޫރީ މައިދާނުގައެވެ.

ގާނޫނުއަސާސީގެ 114 ވަނަ މާއްދާގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *