މޫސުން ތަންނުދޭނަމަ އިންތިހާބީ ރައީސް ހުވާކުރުން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
އިންތިހާބީ ރައީސް ހުވާކުރުން އޮންނާނީ ނޮވެމްބަރ 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައެވެ. އެހެންނަމަވެސް މޫސުން ގޯސްނަމަ އެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައެވެ.
ހުވާކުރުމުގެ ރަސްމިއްޔާތަށް މިހާރު ޖުމްހޫރީ މައިދާން ތައްޔާރުކުރަމުން ގެންދާއިރު މި މަސައްކަތް ކުރަނީ ސިފައިންގެ ގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އާ ހަވާލުކޮށްގެންނެވެ.
މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ގައުމުތަކުގެ އިސް ވެރިން ވެސް ހިމެނިވަޑައިގަންނަވާހެން 3,500 އެއްހައި ބޭފުޅުންނަށް ދައުވަތު އަރުވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފައެވެ. އަދި އާންމުންގެ ތެރެއިން 1000 މީހުން މި ރަސްމިއްޔާތުގައި ބައިވެރިކުރުމަށް ނިންމާފައިވާ ކަމަށްްް އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ވަނީ ބުނެފައެވެ.
ރަސްމިއްޔާތުގެ ތައްޔާރީތައް މިހާރު ފަށާފައިވާއިރު ނޮވްމެބަރު 14 ގެ ކުރިން ހުރިހާ ތައްޔާރީތައް ނިމޭނެ ކަމަށް މަޖިލީހުން މައުލޫމާތުދެއްވައެވެ.
މި ރަސްމިއްޔާތުގެ ކޭޓަރިން އިން ފެށިގެން ހަފްލާގެ ހުރިހާ ކަމެއް އިންތިޒާމުކޮށް ކުރިޔަށް ގެންދާނީ ސިވެކް ކުންފުނިންނެވެ.
މި ރަސްމިއްޔާތަށް ބޭރު ގައުމުތަކުގެ ވެރިންނާއި ބައިނަލްގަވުމީ މީޑީއާތަކާއި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުން ހިމެނިވަޑައިގަންނަވާ ގޮތަށް ގާތްގަނޑަކަށް 3،500 މީހުންނަށް ވަނީ ދައުވަތު ދީފައެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ހުވާ ކުރުމުގެ ރަސްމީއްޔާތައް އާންމު ފަރާތްތަކަށް 1000 ޖާގަ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެއެވެ.









