Search Streamline Icon: https://streamlinehq.com

އެމްޕީއެލްއިން ފަލަސްތީނަށް ބައި މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

Big uZevF5ZIjf86rBvB8CQn7r0X3

ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) ބައި މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެމްޕީއެލްއިން ފަލަސްތީނަށް 565،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

އެމްޕީއެލްއިން ބުނީ ފައިސާ ހަދިޔާ ކޮށްފައިވަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ރާއްޖޭގައި ހިންގަމުންދާ 2 ފަންޑަކަށް ކަމަށެވެ. އެގޮތުން އެމްޕީއެލުން ފައިސާ ހަދިޔާކޮށްފައިވަނީ މޯލްޑިވްސް ރެޑް ކްރެސެންޓުން ހިންގާ ”ފަލަސްތީން ރިލީފް ފަންޑް“ އާއި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހިންގާ ”ގާޒާ އެމަރޖެންސީ ރިލީފް“ ފަންޑަށެވެ.

”މިފައިސާއަކީ އެމްޕީއެލާއި، މުއައްޒަފުންގެ ފަރާތުން ހަދިޔާކުރި ފައިސާ. ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ހޯދައިދިނުމަށް ހިންގާ ހަރަކާތްތަކަށް އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ،“ އެމްޕީއެލް އިން ބުންޏެވެ.

މީގެ އިތުރުން އެމްޕީއެލްގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ.

އިޒްރޭލުން މި ނިމޭ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގައްޒާއަށް ދެމުން އަންނަ ވަރުދަގަ އުދުވާނީ ހަމަލާތަކުގައި 8000 އަށްވުރެ ގިނަ މީހުން ވަނީ ގައްޒާއިން މަރުވެފައެވެ.

ރާއްޖެއިން ދަނީ ފަލަސްތީނަށް އެހީވުމަށް ގިނަ އަދަދެއްގެ ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ދިވެހި ފަންނާނުންވެސް ދަނީ ހަރަކާތްތައް ހިންގަމުންނެވެ. ދިވެހިން ވަނީ އެތައް މިލިޔަން ރުފިޔާގެ އެހީ ހޯދާފައެވެ. އަމިއްލަ ފަރާތްތަކުންވެސް ވަނީ ގިނަ  އަދަދެއްގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *