Search Streamline Icon: https://streamlinehq.com

ހިޖުރަކުރާ ދޫނި ހިފާ ގަނެވިއްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަނީ

Dhooni

މޫސުމަށް އަންނަ ބަދަލާއި ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުން ރާއްޖެއަށް ހިޖުރަކުރާ އެކި ބާވަތްތަކުގެ ދޫނި ޤަވާޢިދާއި ޚިލާފަށް ހިފުމާއި، އެފަދަ ދޫނި ގެންގުޅޭ ފަރާތްތައް ރިޕޯޓު ކުރުމަށް އެންވާރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އަންގަވައިފި އެވެ.

މިކަމާއި ގުޅޭ ގޮތުން އީޕީއޭއިން ނެރެފައިވާ ސާކިރުލާއެއްގައި ބުނެފައިވަނީ އިރުވައި މޫސުމަކީ އެހެނިހެން އަހަރުތަކެކޭވެސް އެއް ފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަ ކުރަމުން އަންނަ ދުވަސްވަރެއް ކަމުގަ އެވެ. އަދި މި ގޮތުން ރާއްޖެއަށް ހިޖުރަކުރާ ދޫންޏަކީ ދިވެހިރާއްޖޭގެ ޤާނޫނު ނަމްބަރު 4/93 (ތިމާވެށި ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ޤަވާޢިދު) ގެ ދަށުން ހިމާޔަތް ކޮށްފައިވާ ދިރުންތަކެއް ކަމަށްވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.

އީޕީއޭއިން ބުނީ މިފަދަ ދޫނި ހިފާ އެތަކެތި ގެންގުޅުމަކީ މި ޤަވާޢިދުގެ 17 ވަނަ މާއްދާގެ ދަށުން މަނާ ކުރެވިފައިވާ ކަމެއް ކަމުގަ އެވެ. އަދި މިފަދަ ދޫނިތައް ވިއްކާ ފަރާތްތަކުގެ އިތުރުން ގަންނަ ފަރާތްތަކަށް ވެސް ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން ބުނެފަ އެވެ.

މި ޤަވާޢިދުގެ ދަށުން، މިފަދައިން ރާއްޖެއަށް ހިޖުރާ ކުރާ މޫސުމީ ދޫނި ޤަވާޢިދާއި ހިލާފަށް ހިފާ ގެންގުޅޭ ފަރާތްތައް އީޕީއޭއަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ ދިރޭތަކެއްޗަކަށް ގޯނާ ކޮށްފިނަމަ، 30،000 ރުފިޔާއާއި 50،000 ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.

އަދި ގަވާއިދާ ހިލާފަށް ދޫނިތައް ގެންގުޅޭކަން އިނގޭނަމަ ލަސްނުކޮށް އެޗްޕީއޭގެ ހޮޓްލައިން 7980379 ނުވަތަ އީމެއިލް: [email protected]  އަށް އެ މައުލޫމާތު ހިއްސާ ކުރުމަށް އީޕީއޭއިން އެދެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *