ފަލަސްތީނުގެ ޣައްޒާއަށް އިއްޔެ ވަނީ ވަރަށް ބޯކޮށް ވާރޭވެހިފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ފެން ނުލިބި ފެނަށް ޖެހިފައިވާ ގިނަ އާއިލާތަކެއްގެ މީހުން ވާރޭ ފެން ނެގުމަށް މަގުމައްޗަށް ނުކުމެ ގަރަކާތްތެރި ވަމުން ކުރަމުން ގެންދިޔައެވެ. އޭގެ ތެރޭގައި ގިނަ އަދަަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ހިމެނެއެވެ. އޭގެ ތެރެއިން ވާރޭ ފެން ބާލިދީތަކަށް އަޅަން މަގުމައްޗަށް ނުކުމެ ތިބި ގިނަ އަދަދެއްގެ ކުޑަކުދިންތަކަކަށް އަމާޒުކޮށް ޔަހޫދީން ވަނީ ބޮމުގެ ހަމަލާދީ އެ ކުޑަކުދިންތައް ޝަހީދުކޮށްލާފައެވެ.
ރިޕޯތުތައް ބުނާ ގޮތުން ޖަބަލިޔާއަށް އަމާޒުކޮށް ދިން ޔަހޫދީންގެ މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ޝަހީދުވެފައިވާއިރު، ޝަހީދުވީ ކުޑަކުދިންގެ އަދަދެއް ކަށަވަރެއް ނުވެއެވެ. ހަޔޫދީންގެ މި ހަމަލާތަކުގައި ޝަހީދުވި ކުދިންގެ ހަށިތައް ގަނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ އާންމުންނަށް ދެމުން ގެންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ޝަހީދުވަމުން އަންނައިރު، މިހާތަނަށް 4000 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ.
އިސްރާއީލުގެ މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 11250 މީހުން ޝަހީދުވެފައިވެއެވެ.









