Search Streamline Icon: https://streamlinehq.com

ފަލަސްތީނަށް ޓަކައި ދުޢާ ކުރި އަލްޖީރިއާގެ އިމާމަކު ސައުދީ ފުލުހުން ހައްޔަރުކޮށްފި

Paletine

ޔަހޫދީންނާއި ދެކޮޅަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިހާރު ކުރަމުން ގެންދާ ހަނގުރާމައާއި ގުޅިގެން ފަލަސްތީނަށް ނަޞްރަށް އެދި ދުޢާކުރުމުން ސައުދީ އަރަބިއާގެ ފުލުހުން އަލްޖީރިއާގެ އިމާމް އަބްދުލް ޙަކީމް އަލް ޖަޒާއިރީ ހައްޔަރުކޮށްފިއެވެ.

ސައުދީ ފުލުހުން އިމާމް އަބްދުލް ޙަކީމް އަލް ޖަޒާއިރީ ހައްޔަރުކުރީ މަދީނާގައި ހުންނަ މަސްޖިދު އަލް ނަބަވީގައި ހުންނަވަނިކޮށެވެ. އަދި ސައުދީ ފުލުހުން އިމާމް ހައްޔަރުކުރި ނަމަވެސް ހަ ގަޑިއިރުފަހުން ގިނަ ސުވާލުތަކެއް ކުރުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

ފުލުހުންގެ ބަންދުން ދޫކޮށްލުމުން އިމާމް އަބްދުލް ޙަކީމް އަލް ޖަޒާއިރީ ކަން ހިނގި ގޮތް ކިޔައިދީ ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯ އެއްގައި ވާހަކަ ދައްކަވަމުން އެންމެ ފުރަތަމަ ވިދާޅުވި ބަސްފުޅަކީ އަދި ދެއްވި ނަސޭހަތްފުޅަކީ އެންމެ ބޮޑީ ﷲ ކަމަށާއި ހުރިހާ އެންމެންވެސް ތެދުވެރިކަންމަތީ މާތްވެގެންވާ އިސްލާމް ދީންމަތީ ވަރުގަދައަށް ފައިތިލަތައް ސާބިތުކޮށްގެން ތިބުމަށެވެ.

އިމާމް ވިދާޅުވީ އެފަދަ މާތް ބިމެއްގައި ހަ ގަޑިއިރަށްވުރެ ގިނައިރު ބަންދުގައި ހުންނަން ޖެހުމަކީ ލިބުނު ފަޚުރަކާއި އުފަލެއް ކަމަށާއި އެކަމުގެ ބަދަލު ފުލުހުންގެ ކިބައިން ހިފަން ބޭނުން ނުވާކަމަށެވެ. އަދި ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް ކަމަށާއި ހުރިހާ ކަމަކަށް އެންމެ ކުޅަދުންވައްތައީ މަތް މަތިވެރި ރައްބު ކަމަށެވެ.

ނަމަވެސް އެ ބިމަށް ހައްޖައްދާ މީހުންނަށާއި އުމްރާއަށް ދާ މީހުންނަށް ނަސޭހަތެއް ދޭން ބޭނުން ކަމަށާއި އެ ނަސޭހަތަކީ ސިޔާސީ ގޮތުން އަދި އެހެންވެސް ގޯސް މަގުސަދެއްގައި ދޭ ނަސޭތަކެއް ނޫންކަމަށެވެ. އަދި އެއީ އެ މާތްބިމަށް ދާ ހުރިހާ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނަށް ފައިދާތަކެއް ކުރުވަނިވި ނަސޭހަތެއް ކަމަށް ވެސް އިމާމް ވިދާޅުވިއެވެ.

އިމާމް ގެ އެ ނަސޭތަހަކީ ނުވަތަ އެދިލެއްވުމަކީ ކޮންމެ މުސްލިމަކުވެސް އުންމަތުގެ މުސްލިމު އަޚުންނާއި އުޚުތުންނަށްޓަކައި ހެޔޮ ދުޢާ ކުރުންމަތީގައި ދެމިހުރުމެވެ. އަދި ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ނިކަމެތި އަޚުންނާއި އުޚުތުންނަށް އެންމެންވެސް ހެޔޮ ދުޢާކޮށްދިނުމަށް އެދިލެއްވިއެވެ.

މީގެ އިތުރުން އިމާމް ވިދާޅުވީ ޔަހޫދީން ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ޝަހީދުކޮށް އަދި އެތަކެއް ބައިވަރު މިސްކިތްތަކެއް ހަލާކުކޮށް ބިމާއި ހަމަކޮށްފައިވާ ކަމަށެވެ. އަދި އެތަނުގައި ދިރިއުޅޭ މުސްލުމު ޢަޚުންނާއި އުޚުތުންނަށްޓަކައި ހެޔޮ ދުޢާ ކުރުމަކީ ކޮންގެންނުވާނޭ ކަމެއްތޯ އިމާމް އަބްދުލް ޙަކީމް އަލް ޖަޒާއިރީ ސުވާލުކުރެއްވިއެވެ. އަދި އެފަދަ މާތް ބިމެއްގައި މާތް މިސްކިތެއްގައި ފަލަސްތީނުގެ ލޮބުވެތި މުސްލިމު ރައްޔިތުންނަށްޓަކައި ދުޢާކުރުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި އިމާމް ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *