Search Streamline Icon: https://streamlinehq.com

ޣައްޒާ ހިޞާރު ނުކުރުމަށް ބައިޑެން ގޮވާލައިފި

Biden fenvaruonline

ހަމާސް އާއި ދެކޮޅަށް އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު ކުރަމުން ގެންދާ ހަނގުރާމައިގައި ފަލަސްތީނުގެ ޣައްޒާ ހިޞާރު ނުކުރުމަށް އެމެރިކާގެެ ރައީސް ޖޯ ބައިޑެން ގޮވާލައްވައިފިއެވެ.

ސަން ފްރެންސިސްކޯގައި ބޭއްވި ކޮންފަރެންސެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހުއާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކައިގައި ބައިޑެން ވިދާޅުވީ އިސްރާއީލަށް ޣައްޒާ ހިފުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި މިކަމުގައި އޮތް އެންމެ ރަނގަޅު ހައްލަކީ ”ޓޫ ސްޓޭޓް ސޮލިއުޝަން“ ކަމަށެވެ.

ބައިޑެންގެ މި ހާހަކައަށް ރައްދު ދެއްވަމުން ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުން ކުރަމުން ގެންދާ ހަނގުރާމައަކީ ޣައްޒާ ހިޞާރުކުރުމަށް ކުރާ ހަނގުރާމައެއް ނޫންކަމަށާއި އެއީ ހަމާސް ނައްތާލަން ކުރާ ހަނގުރާމައެއް ކަމަށެވެ. އަދި ހަމާސް ނައްތާލާ އެމީހުން ރަހީނުކުރި އެންމެން މިނިވަން ވުމުން ހަނގުރާމަ ހުއްޓާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މީގެ ކުރިން ނަތަންޔާހޫ ވިދާޅުވެދައިވަނީ މި ހަނގުރާމައަށް ފަހު ޣައްޒާގެ ސަލާމަތީ އެންމެހާ ކަންކަމެއް ބަލަހައްޓަމުން ގެންދާނީ އިސްރާއީލުގެ އަސްކަރިއްޔާއިން ކަމަށެވެ. އަދި އެތަނުގައި އެހެން އެވެސް ބައެއްގެ ބާރުވެރިކަން ނޯންނާނޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 12000 އާ ގާތް ކޮށްފައެވެ. މީގެ ތެރެއިން ގިނައިން ޝަހީދުވެފައިވަނީ އަންހެނުންނާއި ކުޑަކުދިންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *