ޣައްޒާގެ ބެއިތް ލަހިޔާގެ ހުޅަނގުން ޣައްޒާއަށް ވަދެގަންނަން މަސައްކަތް ކުރި އިސްރާއީލުގެ އަސްކަރިއްޔާގެ ފަސް އަސްކަރީ އުޅަނަދަކަށް ހަމަލާދީ ގޮއްވާލާފައިވާ ކަމަށް ހަމާސް އިން ބުނެފިއެވެ.
ހަމާސްއިން ބުނެފައިވާ ގޮތުގައި ބެއިތްލާހިޔާގެ ހުޅަގުން ވަދެގަންނަން މަސައްކަތް ކުރީ އިސްރާއީލުގެ އަސްކަރީ ފަސް އުޅަދަކަށް ހަމަލާދީފައިވަނީ ”އަލް ޔާސީން 105″ ގެ މެޝިން ބަޑިތަކުން ކަމަށެވެ. އަދި މި ފަސް އުޅަދުގައި އެވަގުތު ތިބި ގިނަ އަދަދެއްގެ އިސްރާއީލު ސިފައިން ވެސް މި ހަމަލާގައި މަރުވެފައިވާކަމަށް ހަމާސްއިން ވަނީ ބުނެފައެވެ.
“ ބެއިތުލާހިޔާގެ ހުޅަނގުން ޣައްޒާގެ ތެރެއަށް ވަދެގަންނަން މަސައްކަތް ކުރީ ޔަހޫދީ ސިފައިންގެ ފަސް އަސްކަރީ އުޅަނދަކަށް އަލް ޔާސީން 105 މެޝިން ގަން ބޭނުންކޮށްގެން ހަމަލާދީ ގޮއްވާލައިފިން. އެ އުޅަނދުތަކުގައި ތިބި ގިނަ އަދަދެއްގެ ސިފައިންވެސް މި ހަމަލާގައި ވާނީ މަރާލާފަ.“ ހަމާސް އިން ރިޕޯޓުކޮށްފައިވެއެވެ.
ހަމާސް އާއި އިސްރާއީލުގެ އަސްކަރިއްޔާ އާއި ދެމެދު ހިނަގަމުން މިދާ ހަނގުރާމައިގައި އެންމެ ބޮޑެތި ގެއްލުންތަކެއް ވަމުން ދަނީ ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުންނަށެވެ. އެގޮތުން ޔަހޫދީންގެ ހަމަލާތަކުގައި 12000 އާއި ގާތްކުރާ އަދަކަށް ފަލަސްތީނުގެ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.









