ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނަބްލޫސް ސިޓީގެ އިރުމަތީގައި އޮންނަ ބަލަޓާ ކޭމްޕް ގެ އިމާރާތަކަށް ޔަހޫދީ ސިފައިން ބޮމުގެ ހަމަލާދީ ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ބަލަޓާ ކޭމްޕްގެ އިމާރާތަކަށް ޔަހޫދީން ދިން މި ބޮމުގެ ހަމަލާގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުވެފައިވާ އިރު، މި ހަމަލާގައި ގިނަ ބަޔަކު ވަނީ ޒަޚަމްވެސް ވެފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ރޭވެސް މެދު ނުކެނޑި ބޮމުގެ ހަމާލަތްއ ދެމުން ގެންދިޔައެވެ. އެގޮތުން ޣައްޒާގެ އުތުރުގައި ހުންނަ އިންޑިނީޝިއާ ހޮސްޕިޓަލުގެ ވަށައިގެން ވާ ސަރަހައްދުތަކަށް ގިނަ އަދަދަކަށް ބޮމުގެ ހަމަލާތައް ދީފައިވެއެވެ.
ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލުން ބޮމުގެ ގިނަ ހަމަލާތަކެއް ރޭ ދީފައިވާއިރު، މި ހަމަލާތަކުގައި ފަލަސްތީނުގެ 26 މީހަކު ޝަހީދުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ހަމަލާތަކުގައި 23 މީހަކު ޒަޚަމް ވެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.









