ޔަމަނުން ރަތްކަނޑުގެ ސަރަހައްދަށް ވަތް އިސްރާއީލުގެ ބޯޓެއް ހިފަހައްޓައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ރަތް ކަނޑުގެ ސަރަހައްދުން އިސްރާއީލުގެ ބޯޓެއް ޔަމަނުގެ އަސްކަރީ ސިފައިން ހިފެހެެއްޓިއިރު، އެ ބޯޓުގައި އިސްރާއީލުގެ އަސްކަރީ 22 ސިފައިން ތިއްބެވެ.
އަލް އަރިބިއްޔާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔަމަނުން ހިފެހެއްޓި އިސްރާއީލުގެ މި ކަނޑުމަތީ ބޯޓުގެ ނަމަކީ ”ގެލެކްސީ ލީޑަރ“ އެވެ.
ޔަމަނުން ހިފެހެއްޓިކަމަށް ބުނާ ގެލެކްސީ ލީޑަރ އާއި ބެހޭ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.









