ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ހައިޖެކް ކުރި ބޯޓަކީ އިސްރާއީލުގެ ވިޔަފާރިވެރިއެއްގެ މުދާ އުފުލާ ބޯޓެއް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
22 މީހުންނާއި އެކު ރަތަކަނޑުގެ ސަރަހައްދުން ޔަމަނުގެ ހޫތީން ހައިޖެކް ކުރި މި ބޯޓަކީ އިސްރާއީލުގެ ވިޔަފާރިވެރިއެއްގެ މުދާ އުފުލާ ބޯޓެއް ކަމަށާއި އެ ބޯޓުގައި ތިބީ އިސްރާއީލަށް ނިސްބަތް ބާއެއް ނޫންކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
އަދި ޔަމަނުގެ ހޫތީން މި ބޯޓު ހައިޖެކް ކުރީ ތުރުކީން އިންޑިއާއަށް ކާގޯ ހިފައިގެން ދަތުރުކުރަމުން ދަނިކޮށް ކަމަށާއި ހޫތީން ހިންގި މި އަމަލަކީ ދުނިޔޭގެ ފެންވަރުގައި ވެސް ވަރަށް ނުރައްކާތެރި އަމަލެއް ކަމަށް އިސްރާއީލުހެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
“ ހޫތީން ހައިޖެކް ކުރި އެ ބޯޓަކީ އިސްރާއީލުގެ ވިޔަފާރިވެރިއެއްގެ ބޯޓެއް. އޭގައި ތިބީ އިސްރާއީލަށް ނިސްބަތްވާ މީހުންނެއްވެސް ނޫން. ބޯޓު ހައިޖެކް ކޮށްފައިވަނީ ތުރުކީން އިންޑިއާއަށް ކާގޯ ހިފައިގެން ދަނިކޮށް. ހޫތީންގެ މި އަމަލީ ދުނިޔޭގެ ފެންވަރުގައިވެސް ނުރައްކާތެރި އަމަލެއް.“ އިސްރައީލުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
އިސްރައީލަށް ނިސްބަތްވާ މި ބޯޓު ހައިޖެކް ކޮށް ޔަމަނުން މިހާރު ވަނީ އެ ބޯޓު ޔަމަނުގެ ބަނދަރަށް ގެންގޮސްފައެވެ. އަދި އެ ބޯޓުގައި ތިބި މީހުންގެ ތެރެއިން އިސްރާއީލާއި އެމެރިކާއަށް ނިސްބަތް ނުވާ އެހެން ގައުމުތަކުގެ އެންމެން ދޫކޮށްލާނޭ ކަމަށް ޔަމަނުން ވަނީ ބުނެފައެވެ.









