Search Streamline Icon: https://streamlinehq.com

ފަލަސްތީނުގައި ކޮންމެ 10 މިނެޓަކުން ކުޑަކުއްޖަކު ޝަހީދުވޭ

MAJD1495

ޔަހޫދީންގެ ޙަމަލާތަކުގައި ކޮންމެ 10 މިނެޓަކުން ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދުވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ޔަހޫދީ ސިފައިން ފަލަސްތީނަށް ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 13000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ފަލަސްތީނުގެ ސިއްޚީ ވިޒާރާއި ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ އިސްރާއީލުގެ ހަމަލާތަކުގައި ކޮންމެ 10 މިނެޓަކުން ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދުވާކަމަށެވެ. އަދި މިހާތަނަށް ފަލަސްތީނުގެ 5500 ކުޑަކުއްޖަކު ޝަހީދުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

2.3 މިލިއަން މީހުންގެ މައްޗަށް އެކުލެވޭ ފަލަސްތީނުގެ އާބާދީގެ ދެބައިކުޅަ އެއް ބަޔަކީ ކުޑަކުދިންނެވެ. ފަލަސްތީނުން ގިނަ އަދަކަށް ކުޑަކުދިން ޝަހީދުވަމުން ދާތީ ދުނިޔޭގެ ގިނަ ބައެއް ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް އިސްރާއީލުގެ މި އަމަލުތައް ކުއްވެރިކުރަމުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *