Search Streamline Icon: https://streamlinehq.com

ތުނޑީ ފުޓްސަލް ޗެލެންޖް 2023: ގުރޫޕް މަރުހަލާގެ ފަހު މެޗުތައް ރޭ ކުޅެ ނިމުނުއިރު، ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

AFRAH [Autosaved]

ތުނޑީ ފުޓްސަލް ޗެލެންޖް 2023 ގައި ކުއާޓާ ފައިނަލުން ޖާގަ ހޯދި ޓީމުތަށް ކަށަވަރުވެއްޖެއެވެ.

ރޭގައި ކުޅުނު ގުރޫޕް މަރުހަލާގެ ފަހު މެޗުތަކަށް ބަލާއިރު، ރޭ ފުރަތަމަ ކުޅުނީ ގުރޫޕް އޭގައި ހިމެނޭ އެފްސީ ކިންގް އާއި ފެނަކަ މާބައިދޫ ބައްދަލުކުރި މެޗެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ އެފްސީ ކިންގްއެވެ. މިއާއި އެކު މި ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ގޮސްފައި މިވަނީ އެފްސީ ކިންގްއެވެ. މި މެޗުގައި އެފްސީ ކިންގް އަށް ލަނޑުތައް ޖަހައިދިނީ އިބުރާހީމް ހަނީފް އާއި އަލީ އިހުސާންއެވެ. ފެނަކަ މާބައިދޫގެ ހަމަ އެކަނި ލަނޑު ޖަހައިިދިނީ ހުސެއިން ޝަފްރާޒްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ކިންގް ގެ އިބްރާހީމް ހަނީފްއެވެ.

ރޭގައި ކުޅުނު ދެވަނަ މަޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ ފޮއެމަތި އާއި ފޮއެމަތި ޖޭއާރް އެވެ. މި މެޗު 10-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ފޮއެމަތި އިންނެވެ. މި މެޗުން ހޯދި މޮޅާއި އެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއިން ޖާގަ ލިބިފައި މިވަނީ ފޮއެމަތި އަށެވެ. މި މެޗުގައި ފޮއެމަތި ޓީމަށް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ރަޒާން، ހަސަން ޒައިދު، އިބުރާހީމް ޝަރީފް، މުޙައްމަދު ޖިނާހު، ހުސެއިން ރައޫފް، އަލީ ނާޝިދުއެވެ. އަދި ފޮއެމަތި ޖޭއާރް އަށް ލަނޑުތައް ޖަހައިދިނީ ހުސެއިން ސަންމާހު އާއީ ހުސެއިން ނާފިއުއެވެ. މި މެޗު މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މެޗުގައި ހަތަރު ލަނޑު ޖަހައިދިން ފޮއެމަތި ޓީމުގެ މުޙައްމަދު ރަޒާންއެވެ.

ރޭގެ ފަހު މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގައި ހިމެނޭ އެލްވައިއެމް އާއި ސްޕާކް ޕްލަގް އެވެ. މި މެޗު 6-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ސްޕާކް ޕްލަގް އިންނެވެ. މި އާއި އެކު ގުރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއިން ފުރުސަތު ލިބިފައިވަނީ ސްޕާކް ޕްލަގް އަށެވެ. މި މެޗުގައި ސްޕާކް ޕްލަގް އަށް ލަނޑުތައް ޖަހައިދިނީ މުޙައްމަދު އަކްމަލް، އަލީ އަޖްމަލް، މުޙައްމަދު ފިރުޝާންއެވެ. އެލްވައިއެމްގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު ނައުފަލް ނަސީރުއެވެ. މި މެޗުގައި މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޕާކް ޕްލަގް އަށް ދެ ލަނޑު ޖަހައިދިން މުޙައްމަދު އަކްމަލްއެވެ.

މިއާއި އެކު މުބާރާތުގެ ގުރޫޕް މަރުހަލާގެ މެޗެތައް ކުޅެ ނިމުނިއިރު، ކުއާޓާ ފައިނަލަށް ދިއަ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. އެގޮތުން ކުއާޓާއިން ޖާގަ ކަށަވަރު ކުރި ޓީމުތަކަށް ބަލާއިރު،

ގުރޫޕް އޭ – އެފްސީ ކިންގް، ފެނަކަ މާބައިދޫ

ގުރޫޕް ބީ – ޖީޖީއެސްސީ، ފޮއެމަތި

ގުރޫޕް ސީ – ޑިޓްރޮއިޓްސް، ސްޕާކް ޕްލަގް

ގުރޫޕް ޑީ – ބީއީއެސްޓީ (ބެސްޓް)، އެލްވައިޑީ (ލީޑް).

މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތަކުގެ ކުޅުން މިރޭ ފަށާނެއެވެ. އެގޮތުން މިރޭ 8:30 ގައި ކުއާޓާގެ ފުރަތަމަ މެޗު ކުޅޭއިރު، މި މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިޔަ އެފްސީ ކިންގް އާއި ގުރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިޔަ ސްޕާކް ޕްލަގްއެވެ.

މިރޭ 9:30 ގައި ކުޅޭ ކުއާޓާގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއް ދިޔަ ޖީޖީއެސްސީ އާއި ގުރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިއަ އެލްވައިޑީއެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *