Search Streamline Icon: https://streamlinehq.com

ތުނޑީ ފުޓްސަލް ޗެލެންޖް 2023 : ފޮއެމަތި އަދި ސްޕާކް ޕްލަގް ބައްދަލުކުރާ ފޯރިގަދަ ފައިނަލް މެޗު މިރޭ

AFRAH [Autosaved]

ދިގު އިންތިޒާރަކަށް ފަހު ތުނޑީ ފުޓްސަލް ޗެލެންޖް 2023 ގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. މި ފޯރިގަދަ ފައިނަލް މެޗުގައި ބައްދަލުކުރާނީ ފޮއެމަތި ސްޕޯޓްސް ކުލަބާއި ސްޕާކް ޕްލަގްއެވެ.

މި ދެޓީމަކީ ވެސް މި ފަހަރުގެ މުބާރާތުގައި އެންމެ ރަނގަޅު ނަތީޖާތަކާއި އެކު ފައިނަލަށް ދަތުރުކުރި ދެ ޓީމުކަން ފާޖަގަ ކޮށްލަން ޖެހެއެވެ.

ފޮއެމަތި ސްޕޯޓްސް ކުލަބަށް ބަލާއިރު، އެޓީމުން މުބާރާތުގެ ގުރޫޕް ސްޓޭޖު ނިންމާލީ އެޓީމު ހިމެނުނު ގުރޫޕް ބީ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު ތިންމެ މެޗުގެ ތެރެއިން ދެމެޗުން މޮޅުވިއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. ގުރޫޕް ސްޓޭޖުގައި ފޮއެމަތި ބަލިވީ ޖީޖީ އެސްސީ އާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. އެމެޗުން އެޓީމު ބަލިވީ 2-1 ގެ ނަތީޖާއިންނެވެ. މިއީ މުޅި މުބާރާތަށް ބަލާއިރުވެސް ފައިނަލާއި ހަމައަށް އައިއިރު، ފޮއެމަތި ބަލިވި ހަމަ އެކަނި މެޗެވެ.

ގުރޫޕުގެ ދެވަނަ ހޯދާ މުބާރާތުގެ ކުއާޓާ ފައިނަލުގައި ފޮއެމަތި ނުކުތީ މުބާރާތުގައި އެންމެ ވަރުގަދަކަމަށް ބެލެވުނު ބެސްޓް އާއި ދެކޮޅަށެވެ. އެ މެޗު 1-0 ގެ ނަތީޖާއިން ބެސްޓް ބަލިކޮށް ސެމީގެ ޖާގަ ފޮއެމަތިން ކަށަވަރުކުރިވެ. ސެމީ ފައިނަލުގައި ފޮއެމަތި ނުކުތީ މި މުބާރާތުގައި އެންމެ ވަރުގަދަކޮށް ފެނުނު އެއް ޓީމު ކަމުގައިވާ ފެނަކަ މާބައިދޫ ބްރާންޗް އާއި ދެކޮޅަށެވެ. ގުރޫޕް ސްޓޭޖުގައާއި ކުއާޓާ ގައިވެސް މޮޅު ކުޅުމެއް ދައްކާ ސެމީއަށް ދިޔަ ފެނަކަ މާބައިދޫ ޓީމުން ވެސް ބަލިކޮށް ފޮއެމަތިން ފައިނަލް ކަށަވަރުކުރީ ފަސޭހަކަމާއި އެކުގައެވެ.

ސްޕާކް ޕްލަގް ޓީމަށް ބަލާއިރު، އެޓީމުން ވެސް މުބާރާތުގެ ގުރޫޕް ސްޓޭޖު ނިންމާލީ ގުރޫޕް ބީ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު ތިންމެ މެޗުގެ ތެރެއިން ދެމެޗުން މޮޅުވިއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. ގުރޫޕް ސްޓޭޖުގައި ސްޕާކް ޕްލަގް ބަލިވީ ޑިޓްރޮއިޓްސް އާއި ވާދަކޮށް 2-1 ގެ ނަތީޖާއިންނެވެ. މިއީ މުޅި މުބާރާތަށް ބަލާއިރުވެސް ފައިނަލާއި ހަމައަށް އައިއިރު، ސްޕާކް ޕްލަގު ޓީމުވެސް ބަލިވި ހަމަ އެކަނި މެޗެވެ.

ގުރޫޕުގެ ދެވަނަ ހޯދާ މުބާރާތުގެ ކުއާޓާ ފައިނަލުގައި ފޮއެމަތި ނުކުތީ އެފްސީ ކިންގް އާއި ދެކޮޅަށެވެ. އެ މެޗު 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދާ ސެމީގެ ކާގަ ކަށަވަރުކުރީ ސްޕާކް ޕްލަގްއިންނެވެ. ސެމީ ފައިނަލުގައި ސްޕާކް ޕްލަގް ނުކުތީ ޖީޖީ އެސްސީ އާއި  ދެކޮޅަށެވެ. ގުރޫޕް މި މެޗުނވެސް ފަސޭހަކަމާއި އެކު ޖީޖީ އެސްސީ ބަލިކޮށް ސްޕާކް ޕްލަގް އިން ފައިނަލުގެ ޖާގަ ކަށަވަރުކުރިއެވެ.

ފައިނަލް މެޗު ފަށާނި މިރޭ 9:00 ގައެވެ. ގަން ތުނޑީ އަވަށު ޓާފް ގްރައުންޑުގައި ކުޅޭ މި ފައިނަލް މެޗު ތުނޑީ ފުޓްސަލް ޗެލެންޖް 2023 ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް 3000 ރުފިޔާ ދޭގޮތަށް ވަނީ ނިންމައިފަ އެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ”ފެންވަރު އޮންލައިން“ އެވެ. ޕްރިންޓިން ޕާޓްނަރަކީ ލަފްޒް އެވެ. އަދި ކޯ ސްޕޮންސަރުންނަކީ ލެޒިޒް، ފިނިތަރި، އޯސިކްސް ފިހާރަ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި