Search Streamline Icon: https://streamlinehq.com

ހަމާސް އިން ދޫކޮށްލި އިސްރާއީލުގެ އަސީރުންގެ އާއިލާތަކުން ބޮޑުވަޒީރު ނަތަންޔާހޫއާއި ބައްދަލުކުރަން ދެކޮޅު ހަދައިފި

Israel Palestinians

ފަލަސްތީނުގެ ހަމާސް މުޖާހިދުން ދޫކޮށްލި އިސްރާއީލުގެ އަސީރުންގެ އާއިލާތަކުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ބައްދަލުކުރުމަށް ދެކޮޅު ހަދާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން ހިންގި ކުއްލި އޮޕަރޭޝަނުގައި އިސްރާއީލުގެ 250 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ހަމާސް އާއި އިސްރާއީލާއި ދެމެދު ވެވުނު އަސީރުން މިނިވަންކުރުމުގެ އެއްބަސްވުމުގެ ދަށުން ހަމާސްއިން ވަނީ އެމީހުންގެ ބެލުމުގެ ދަށުގައި ތިބ އިސްރާއީލުގެ 97 އަސީރަކު މިނިވަންކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުގައި ހަމާސް އިން ދޫކޮށްލި އިސްރާއީލުގެ އަސީރުންގެ އާއިލާތަކާއި ބައްދަލުކޮށް ކަން ހިނގިގޮތް އޮޅުން ފިލުވުމަށް ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އެ އާއިލާތަކާއި ބައްދަލުކުރުމަށް އެދިފައެވެ. ނަމަވެސް އެ އާއިލާތަކުން ނަތަންޔާހޫއާއި ބައްދަލުކުރުމަށް ދެކޮޅުހަދާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުގެ އަސީރުން މިނިވަން ކުރުމުގައި ހަމާސްއިން ބަހައްޓާ ލޯތްބާއި އޯގާތެރިކަމާއި އަދި ގާތްކަމުގެ ސަބަބުން ނަތަންޔާހޫ ހުރީ ވަރަށް ރުޅިގަދަވެފައެވެ. އަދި ހަމާސް އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށާއި އެހެން ކަމުން އެމީހުންނާއި މާ ބޮޑަށް ގާތް ގުޅުމެއް ނުބޭއްވުމަށް ނަތަންޔާހޫ ވަނީ އިސްރާއީލުގެ އަސީރުންނަށް އިލްތިމާސްކޮށްފައެވެ.

ދެފަރާތުގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ގިނަ އަސީރުންތަކެއް މިނިވަންކޮށްފައިވާއިރު، އޭގެތޭގައި އިސްރާއީލުގެ 97 އަސީރަކާއި ފަލަސްތީނުގެ 210 އަސީރަކު ވަނީ މިނިވަންކޮށްފައެވެ. ހަތަރު ދުވަހުގެ މުއްދަތަށް ހަނގުރާމަހުއްޓާލާ އެ ހަތަރު ދުވަހުއަސީރުން މިނިވަން ކުރުމަށް ނިންމާފައި ވީނަމަވެސް އިސްރާއީލުން ވަނީ މި އެއްބަސްވުމާއި ޚިލާފުވެފައިކަމަށް ހަމާސްއިން ވަނީ ބުނެފައެވެ. އެގޮތުން އަސީރުން މިނިވަން ކުރުމާއި އެކު 200 އަށްވުރެ ގިނަ އެހީގެ އުޅަނދުތައް ޣައްޒާއަށް ވަނުމަށް ހުއްދަ ދިނުމަށްވެސް މި އެއްބަސްވުމުގައި ވެއެވެ. ނަމަވެސް އިސްރާއީލުން މި އެއްބަސްވުމާއި ޚިލާފުވެފައިވާ ކަމަށް ހަމާސްއިން ބުނެފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *