Search Streamline Icon: https://streamlinehq.com

އަމިއްލަ ދިފާއުގައި ހަނގުރާމަކުރުމުގެ ޙައްގު އިސްރާއީލަށް އޮތްނަމަވެސް ޣައްޒާގެ އާންމު ރައްޔިތުންނަށް ހަމަލާ ނުދެވޭނެ: ސްޕެއިންގެ ބޮޑުވަޒީރު

Prime Minister of Spain Pedro Sanchez speaks during a Reuters NEXT Newsmaker event at Instituto Cervantes in Manhattan, New York City

އިސްރާއީލަށް އަމިއްލަ ދިފާއުގައި ހަނގުރާމަ ކުރމުގެ ހަައްގުލިބިގެންވާ ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި ޣައްޒާގެ ކުށެއް ނެތް އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާ ދިނުމުގެ އެއްވެސް ހައްގެއް އިސްރާއީލަށް ނޯންނާނޭ ކަމަށް ސްޕެއިން ބޮޑުވަޒީރު، ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެއެވެ.

ހަމާސް އާއި އިސްރާއީލާއި ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައާއި ގުޅޭ ގޮތުން އިސްރާއީލުގެ ހަނގުރާމަ ކެބިނެޓް މިނިސްޓަރު ބެނީ ގަންޓްޒްއާ އާއި ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ ހަނގުރާމަ އާއި ގުޅޭގޮތުން ގިނަ މަސްވަރާތަކެއް ކުރެވުނު ކަމަށެވެ. އޭގެތެރޭގައި އިސްރާއީލުން ފަލަސްތީނުގެ އާންމުރައްޔިތުންނާއި ދެކޮޅަށް ދޭ ހަމަލާތައް ހުއްޓާލުމާއި ގުޅޭގޮތުން ވާހަކަ ދެކެވިފައިވާ ކަމަށް ޕެޑްރޯ ސަންޗޭޒް ވިދާޅުވެފައިވެއެވެ.

އެގޮތުން އިސްރާއީލުން އެމީހުންގެ އަމިއްލަ ދިފާއުގައި ހަނގުރާމަ ކުރުމުގެ ހައްގު އެބައޮތް ކަމަށާއި ނަމަވެސް ޣައްޒާގެ އާންމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ ޤަތުލުއާންމުތައް ހުއްޓާލަން ޖެހޭ ކަމަށް ޕެޑްރޯ ސަންޗޭޒް ވިދާޅުވެފައިވެއެވެ. ސަންޗޭޒް ވިދާޅުވީ ސްޕެއިންއާއި އިސްރާއީލަކީ ވަރަށް ގާތް ރަހުމަތްތެރި ދެ ގައުމު ކަމަށާއި އެ ރަހުމަތްތެރިކަމުގެ ގުޅުން އަދިވެސް އެބައޮތް ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް އެ ގުޅުން ދެމި އޮންނާނޭ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ސަންޗޭޒް ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ އާންމުންނަށް ހަމަލަދީ އެމީހުން މެރުމަކީ ސްޕެއިން އަށް ކެތްކުރެވޭނޭ ކަމެއް ނޫން ކަމަށާއި އެކަން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އިސްރާއީލުން އެކުރަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި މުޅިން ޚިލާފު ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ.

“ އަމިއްލަ ދިފާއުގައި ހަނގުރާމަ ކުރުމުގެ ހައްގު އިސްރާއީލަށް ވެސް އޮންނާނެ. އަދި ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް އޮންނާނެ. ނަމަވެސް ކަމާއި ނުބެހޭ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދިނުމަކީ އެއީ އަމިއްލަ ދިފާއުގައި ކުރެވޭ ހަނގުރާމައަކަށް ނުވާނެ. އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި މުޅިން ޚިލާފު ކަމެއް. އެއްވެސް ބައަކަށް މި ޤާނޫނަށްވުރެ މައްޗަށް ނޭރޭނެ.“ ސްޕެއިންގެ ބޮޑިވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *