Search Streamline Icon: https://streamlinehq.com

އަހަރެމެން މިތިބީ ރާއްޖެއާއި އިންޑިއާ ރައްޔިތުންގެ ލާބައަށް ޓަކައި ގުޅިގެން މަސައްކަތް ކުރުމުގެ އުއްމީދުގަ: މޯދީ

GAR1FjoaEAApXT4

ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުއާއި އެކު ބޭއްވީ ވަރަށް މުހިންމު އަދި އުފެއްދުންތެރި ބައްދަލުވުމެއް ކަމަށާއި ދެ ގައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި ގުޅިގެން މަސައްކަތް ކުރުމުގެ އުއްމީދުގައި ހުންނެވި ކަމަށް އިންޑިއާގެ ރައީސް ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މިހާރު ދުބާއީގައި ކުރިއަށްދާ ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ރައީސް ނަރެންދުރަ މޯދީ ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު އެކްސްގައި މޯދީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުއާ އެކު ބޭއްވެވީ އުފެއްދުންތެރި ބައްދަލުވުމެއް ކަމަށާއި ދެ ގައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި ގުޅިގެން މަސައްކަތް ކުރުމުގެ އުއްމީދުގައި ހުންނެވި ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވެސް މަޝްވަރާކުރެވުނު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބާގްޗީ އެ މަޝްވަރާތަކާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރަައީސް މުއިއްޒުއަށް މޯދީ މަރުހަބާ ވިދާޅުވި ކަމަށާއި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިކަމަށެވެ. އަދި އޭގެ ތެރޭގައި އިގްތިސޯދީ އަދި ތަރައްގީގެ ރޮނގުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަ ދެއްކެވިކަމަށް ވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅުން ހުރި ދާއިރާތަކާއި ކުޅިވަރުގެ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައި ކަމަށް ވިދާޅުވިއެވެ.

މޯދީ އާއި ރައީސް މުއިއްޒުގެ މި ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިއާއާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރަން އިތުރަށް މަސައްކަތް ކުރުމަށް ’ކޯ ގްރޫޕެއް‘ އެކުލަވާލަން ވެސް ވަނީ ނިންމާފައެވެ. މިކަން ކަށަވަރުކޮށްދެމުން އަރިންދަން އެކްސްގައި ވިދާޅުވީ މި ބައްދަލުވުމުގައި ދެ ލީޑަރުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވުމަށް ކޯ ގްރޫޕެއް އެކުލަވާލައިގެން ކުރިއަށްދާން އެއްބަސްވެ ވެފައިކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *