މެދުރާއްޖެއާއި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައި މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން މިހެން ބުނެފައިވަނީ މިއަދުގެ އިރުއޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ. މެޓް އޮފީހުން ނެރުނު މޫސުމީ މި ބުލެޓިންގައި ބުނެފައިވާގޮތުގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
އަދި ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ މެދުރާއްޖެއާއި ދެކުނުގެ އަތޮޅުތަކުގައި ދަތުރުފަތުރު ކުރާ ފަރާތްތްކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.









