Search Streamline Icon: https://streamlinehq.com

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 15،207 އަށް އަރައިފި

Gaza Health Crisis

ހަމާސް މުޖާހިދުންނާއި ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާ އާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 15،207 އަށް އަރައިފި އެވެ.

ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްޚީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، ހަމާސް އާއި އިސްރާއީލާއި ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައިގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު ވަނީ 15،207 އަށް އަރައިފައެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު ވަނީ 40،000 އަށް ވުރެ މައްޗަށް ގޮސްފައެވެ.

ޣައްޒާއިން ޝަހީދުވި މީހުންގެ ތެރެއިން 70 އިން ސައްތަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެތައް ބަޔަކު ޒަޚަމުވެފައިވާއިރު، ހޮސްޕިޓަލް ތަކުގައި ފަރުވާ ނުދެވޭތީ ގިނަ ބަޔަކަށް ފަރުވާދެމުން އަންނަނީ މަގުމަތީގައި ބާއްވައިގެން ކަމަށްވެސް ސިއްޚީ ވިޒާރާއިން ބުނެއެވެ.

ޣައްޒާގެ 130 އަށްވުރެ ގިނަ ހޮސްޕިޓަލް އަމާޒުކޮށް ޔަހޫދީން ހަމަލާދީފައިވާއިރު، މިވަގުތު ބަލިމީހުންނަށް ފަރުވާދެވެން ހުރި އެންމެ 20 ހޮސްޕިޓަލް ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ. އަދި އެތައް ސިއްޚީ ޚިދުމަތްތެރިންނެއް ޝަހީދުކޮށް އެތައް ބަޔަކު އިސްރާއީލުން ހިފާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ. އިސްރާއީލުން ވަނީ މިހާތަނަށް ޣައްޒާގެ 280 ސިއްޚީ ޚދުމަތްތެރިން ޝަހީދުކޮށްލާފައެވެ.

އަދި ޒަޚަމް ވާ މީހުންނަށް ހޮސްޕިޓަލުތަކުގައި ފަރުވާދެވެން ނެތުމުން ކޮންމެ ދުވަހަކު އެތަކެއް ބަޔަކު ޝަހީދުވަމުން އަންނަކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *